

ފަތުރުވެރިކަމުގެ ބިމު ކުލިން މި އަހަރު ދައުލަތަށް 714 މިލިއަން ރުފިޔާ، މިއީ 22 ޕަސެންޓްގެ އިތުރުވުމެއް
މި އަހަރުގެ ފުރަތަމަ ހަތަރު މަހު ފަތުރުވެރިކަމުގެ ބިމު ކުލީގެ ގޮތުގައި ދައުލަތަށް 714 މިލިޔަން ރުފިޔާ ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 582 މިލިޔަން ރުފިޔާއާ އަޅާބަލާއިރު 22.6 އިންސައްތައިގެ އިތުރުވުމެކެވެ. ދައުލަތުގެ ޓެކްސް އިދާރާ، މީރާގެ ތަފާސްހިސާބުތަކަށް ބަލާއިރު، ފަތުރުވެރިކަމުގެ ބިމު ކުލީގެ ގޮތުގައި ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ފާއިތުވި މާރިޗު މަހުގެ ތެރޭގައި ކަމަށް ވެއެވެ. އެ މަހު އެކަނި ވެސް 440 މިލިޔަން ރުފިޔާ ލިބިފައިވެއެވެ.
ފަތުރުވެރިކަމުގެ ބިމު ކުލިން މި އަހަރު ދައުލަތަށް 714 މިލިއަން ރުފިޔާ، މިއީ 22 ޕަސެންޓްގެ އިތުރުވުމެއް
އަހަރުގެ ފުރަތަމަ ހަތަރު މަސް ދުވަހުގެ ތެރޭގައި ފަތުރުވެރިކަމުގެ ބިމު ކުލީގެ ގޮތުގައި ދައުލަތަށް 714 މިލިޔަން ރުފިޔާ ލިބިފައިވާ ކަމަށް ދައުލަތުގެ ޓެކްސް އިދާރާ (މީރާ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ހަބަރު ކިޔާ↑Provides exact figures: 714M, 582M, 22.6%, 67,302 beds.
↓Cites MIRA and Tourism Ministry but lacks direct quotes.
އަހަރުގެ މިހާތަނަށް ފަތުރުވެރިކަމުގެ ބިމު ކުލިން 714 މިލިޔަން ރުފިޔާ
އަހަރުގެ ފުރަތަމަ ހަތަރު މަހު ފަތުރުވެރިކަމުގެ ބިމު ކުލީގެ ގޮތުގައި ދަޢުލަތަށް 714 މިލިޔަން ރުފިޔާ ލިބިއްޖެއެވެ. މިއީ، މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 22.6 އިންސައްތަ އިތުރު އަދަދެކެވެ. ދައުލަތުގެ ޓެކްސް އިދާރާ، މީރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު އަހަރުގެ މިހާތަނަށް ފަތުރުވެރިކަމުގެ ބިމު ކުލީގެ ގޮތުގައި ދަޢުލަތަށް ލިބިފައިވަނީ، 714 މިލިޔަން ރުފިޔާއެވެ. މިއީ، މިދިޔަ އަހަރުގެ މި މުއްދަތުގައި ފަތުރުވެރިކަމުގެ ބިމު ކުލީގެ ގޮތުގައި ދަޢުލަތަށް ލިބުނު 582 މިލިޔަން ރުފިޔާއާއި އަޅާބަލާއިރު 22.6 އިންސައްތަ އިތުރު އަދަދެކެވެ. މީރާގެ ތަފާސްހިސާބުތަކަށް ބަލާއިރު އަހަރުގެ މިހާތަނަށް ފަތުރުވެރިކަމުގެ ބިމު ކުލީގެ ގޮތުގައި ދަޢުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ، މިދިޔަ މާރިޗު މަހުގެ ތެރޭގައެވެ. އެގޮތުން އެ މަހު މީރާއަށް 440 މިލިޔަން ރުފިޔާ ވަނީ ލިބިފައެވެ.
ހަބަރު ކިޔާ↑Provides detailed monthly breakdown with exact figures
↓Only presents positive revenue figures, no critical perspective