


އެންމެ ހާޖީއެއް ފިޔަވައި ދިވެހި ހުރިހާ ހާޖީން މިވަގުތު ޢަރަފާތުގައި
ރާއްޖެއިން މި އަހަރު ހައްޖަށް ދިޔަ ހާޖީންގެ ތެރެއިން، ބަލިވެ މިނާގެ ހޮސްޕިޓަލްގައި ފަރުވާ ހޯދަމުންދާ އެންމެ ހާޖީއެއް ފިޔަވައި، ދިވެހި ހުރިހާ ހާޖީން ވަނީ އަރަފާތު ބިމަށް ވަދެފައެވެ. ހައްޖުވެރިން މިނާއިން ދަތުރު ފެށީ ރާއްޖެ ގަޑިން ރޭ 11:00 ގައި ކަމަށްވާއިރު، 22 ބަހުގައި ހާޖީން ގެންދެވި ދަތުރު ނިމިފައިވަނީ ފަތިހު 05:00 ހާއިރުއެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވި ގޮތުގައި، ހޮސްޕިޓަލްގައި ފަރުވާ ހޯދަމުންދާ ހާޖީ ވެސް ހައްޖު ކޯޕަރޭޝަންގެ އެހީގައި އަރަފާތަށް ގެންދިޔުމުގެ އިންތިޒާމު ހަމަޖެހިފައިވެއެވެ.
އެންމެ ހާޖީއެއް ފިޔަވައި ދިވެހި ހުރިހާ ހާޖީން އަރަފާތަށް ހިނގައްޖެ
ރާއްޖެއިން މި އަހަރު ހައްޖަށް ހައްޖުވެރިންގެ ތެރެއިން އެންމެ ހާޖީއެއް ފިޔަވައި ހުރިހާ ހާޖީން އަރަފާތަށް ހިނގައްޖެ އެވެ.
ހަބަރު ކިޔާ↑Specific times, quota numbers, and hospitalization details provided
↓Only one source cited: Islamic Minister Shaheem
އެންމެ ހާޖީއެއް ފިޔަވައި ދިވެހި ހުރިހާ ހާޖީން މިވަގުތު ޢަރަފާތުގައި
އެންމެ ހާޖީއެއް ފިޔަވައި ދިވެހި ހުރިހާ ޙާޖީން މިވަގުތު ތިބީ ޢަރަފާތު ބިމަށް ގޮސްފިއެވެ. އަރަފާތަށް އައުމަށް ޙައްޖުވެރިން މިނާއިން ދަތުރުފެށީ ރާއްޖެގަޑިން ރޭ 11:00ގައެވެ. ދިވެހިން އަރަފާތަށް ގެނައުމަށް 22 ބަސް ވަނީ ބޭނުންކުރިއެވެ. އެންމެ ފަހު ބަހުގެ ޙާޖީންނަށް އަރަފާތަށް އާދެވިފައިވަނީ ރާއްޖެ ގަޑިން ފަތިހު 05:00 ހާއިރުއެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ޞައީދު ވިދާޅުވީ އެންމެ ހާޖީއެއް ފިޔަވައި ދިވެހި ހުރިހާ ހާޖީން ވެސް މިވަގުތު ވަނީ ޢަރަފާތަށް ވަދެފައިކަމަށެވެ. އެ ހާޖީ މިނާގެ ހޮސްޕިޓަލްގައި އެޑްމިޓްކުރެވި ފަރުވާއެއް ދެވެމުންދާކަމަށާއި، ހައްޖު ކޯޕަރޭޝަންގެ އެހީތެރިންނާއެކު އެޙާޖީވެސް އަރަފާތަށް ގެންދެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.
ހަބަރު ކިޔާ↑Specific times, bus numbers, and hospitalized pilgrim details provided.
↓Only one source cited: the Islamic Affairs Minister.
ދިވެހި ހުރިހާ ޙާޖީން ޢަރަފާތުގައި، އެންމެންގެ ހާލުވެސް ރަނގަޅު
ދިވެހި ހުރިހާ ޙާޖީން މިހާރު ތިބީ ޢަރަފާތުގައި ކަމަށާއި ހުރިހާ ޙާޖީންގެ ހާލުވެސް ރަނގަޅުކަމަށް އިސްލާމީ ކަންތައްތަކާ އަޢުޤާފާ ބެހޭ ވަޒީރު ޑރ.މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު ވިދާޅުވީ މިނާ ހޮސްޕިޓަލުގައި ރޭގެ ވަގުތެއްގައި އެޑްމިޓްކުރި ޙާޖީގެ ހާލުވެސް މިހާރު ރަނގަޅުކަމަށާއި ޙައްޖު ކޯޕަރޭޝަނުން އޭނާ ވެސް ޢަރަފާތަށް ގެންގޮސްފައިވާކަމަށެވެ. ޢަރަފާތަށް އައުމަށް ޙައްޖުވެރިން މިނާއިން ދަތުރުފެށީ ރާއްޖެގަޑިން ރޭ 11:00ގައެވެ. ދިވެހިން ޢަރަފާތު ބިމަށް ގެންދިއުމަށް 22 ބަސް ބޭނުންކުރިއެވެ. އެންމެ ފަހު ބަހުގެ ޙާޖީންނަށް އަރަފާތަށް ދެވުނީ ރާއްޖެ ގަޑިން ފަތިހު 05:00 ހާއިރުއެވެ. ބަލިވުމުގެ ސަބަބުން މިނާގެ ހޮސްޕިޓަލްގައި އެއްޙާޖީއަކަށްވަނީ ފަރުވާދީފައެވެ. އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ މިނާ ހޮސްޕިޓަލުގައި ރޭގެ ވަގުތެއްގައި އެޑްމިޓްކުރި ޙާޖީގެ ހާލުވެސް މިހާރު ރަނގަޅު ކަމަށެވެ. އަދި ޙައްޖު ކޯޕަރޭޝަނުން އޭނާ ވެސް މިހާރު ޢަރަފާތަށް ގެންގޮސްފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވީ ހުރިހާ ޙާޖީންގެ ހާލުވެސް ރަނގަޅު ކަމަށެވެ.
ހަބަރު ކިޔާ↑Some specific details: bus count, times, hospitalized pilgrim mentioned.
↓Only one source cited: the Islamic Affairs Minister.