
ބަރަކާތްތެރި އަޟްޙާ ޢީދުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮނުއްވި ތަހުނިޔާގެ ޚިޠާބު
އަޟްޙާ ޢީދުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދިވެހި ހުރިހާ ރައްޔިތުންނަށާއި، ދުނިޔޭގެ އެންމެހައި މުސްލިމުންނަށް ތަހުނިޔާ ފޮނުއްވިއެވެ. ޢީދުގެ ތަހުނިޔާގެ ޙިތާބުގައި، ބަރަކާތްތެރި ޢީދު ދުވަސް މިންވަރު ކުރެއްވިކަމަށްޓަކައި ރައީސް ވަނީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ދަންނަވާފައެވެ. ীދުގެ ސަބަބުން އާލާވެގެންދާ އެއްބައިވަންތަކަމުގެ ގުޅުމަކީ ޤައުމުގައި ސުލްހަ ދެމެހެއްޓުމަށް ލިބިދޭ ވަރުގަދަ ބާރެއްކަމަށް ރައީސް ވިދާޅުވިއެވެ. ހަމަ އެއާ އެކު، ޢީދުގެ އުފާ ފާޅުކުރުުގައި އިސްލާމީ ރިވެތި އުސޫލުތަކާއި ދިވެހި ރީތި އާދަކާދަތަކާ އެއްގޮތަށް ޢަމަލުކުރުމަށް ރައީސް ގޮވާލައްވިއެވެ.
ބަރަކާތްތެރި އަޟްޙާ ޢީދުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮނުއްވި ތަހުނިޔާގެ ޚިޠާބު
ބަރަކާތްތެރި އަޟްޙާ ޢީދު އަޅުގަނޑުމެންނަށް މިންވަރު ކުރެއްވިކަމަށްޓަކައި اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ދަންނަވަމެވެ. އެއަށްފަހު، ޢީދުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އަރިސް ކުރަމެވެ. ހަމައެއާއެކު، މި ތަހުނިޔާގައި މި އަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަމަށް ރާއްޖެއިން ވަޑައިގެންނެވި އަޅުގަނޑުމެންގެ ލޮބުވެތި އަޚުންނާއި އުޚުތުންވެސް ޝާމިލުކުރަމެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅެމުންދާ އެންމެހައި މުސްލިމް އަޚުންނަށާއި އުޚުތުންނަށާއި އަދި މުޅި އިސްލާމީ އުންމަތަށްވެސް މި އުފާވެރި ޢީދުގެ މުނާސަބަތުގައި ތަހުނިޔާ ރައްދުކުރަމެވެ.
ހަބަރު ކިޔާ"ޢީދުގެ އެއްބައިވަންތަކަމަކީ ސުލްހަވެރިކަމަށް ލިބިދޭ ވަރުގަދަ ބާރެއް"
ޢީދުގެ ސަބަބުން އާލާވެގެންދާ އެއްބައިވަންތަކުގެ މާތް ގުޅުމަކީ، މުޅި ޤައުމުގައި އަމާންކަމާއި ސުލްހަވެރިކަން ދެމެހެއްޓުމަށް ލިބިދޭ ވަރުގަދަ ބާރެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އަޟްޙާ ޢީދުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ ޙިތާބުގައެވެ. އަޟްޙާ ޢީދުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ ޙިތާބުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދުވަހުގެ ތަހުނިޔާ ދިވެހި ހުރިހާ ރައްޔިތުންނަށާއި އެންމެހާ މުސްލިމު އަޚުންނާ އުޚުތުންނަށް ފޮނުއްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ ބަރަކާތްތެރި ޢީދު ދުވަސް މިންވަރު ކުރެއްވިކަމަށްޓަކައި މާތްﷲއަށް ޙަމްދާއި ޝުކުރު ދަންނަވާފައެވެ. އަދި ޢީދުގެ ކުޅިވަރުތައް ކުޅެ އުފާފާޅުކުރުމުގައިވެސް އިސްލާމީ ރިވެތި އުސޫލުތަކާއި ދިވެހީންގެ ރީތި އާދަކާދަތަކާއި ބީރައްޓެހި ކަންކަމުން ދުރުވެތިބެ ޢީދު ފާހަގަކުރުމަށް އިލްތިމާސްކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ މާދަމާގެ ޒުވާން ޖީލަށް ރިވެތި އަޚުލާޤީ ސިފަތައް ދަސްކޮށްދީ މުޖުތަމަޢުގެ ނިކަމެތިންނާއި އެކަނިވެރިންގެ ހިނިތުންވުމަކީ ތިމާގެވެސް އުފާކަމުގައި ދުށުމަށް މިޢީދުން ދަސްކޮށްދޭކަން އަޅުގަނޑުމެން ހަނދާންކުރަންޖެހޭކަމަށެވެ.
ހަބަރު ކިޔާ↑Article is clearly written and easy to follow.
↓Only one source — the President — with no independent voices.