

ކްރިސްޓަލް ޕެލަސް އިން ކޮންފަރެންސް ލީގު ކާމިޔާބުކޮށްފި
ޖަރުމަނުގެ ލައިޕްޒިގްގައި ރޭ ކުޅުނު ޔުއެފާ ކޮންފަރެންސް ލީގު ފައިނަލުގައި ސްޕެއިންގެ ރަޔޯ ވަޔެކާނޯ 1-0 އިން ބަލިކޮށް، އިނގިރޭސި ކްލަބް ކްރިސްޓަލް ޕެލަސް އިން ޗެމްޕިއަންކަން ހޯދައިފިއެވެ. ޔޫރަޕްގެ ބޮޑު މުބާރާތެއްގެ ތަށި ޕެލަސް ހޯދި މިއީ ފުރަތަމަ ފަހަރެވެ. ޕެލަސްގެ ކޯޗު އޮލިވަރ ގްލޭޒްނަރ ވަނީ ދާދިފަހުން ހޯދި އެފްއޭ ކަޕާއި ކޮމިއުނިޓީ ޝީލްޑާ ވިދިގެން، ތިންވަނަ ތަށި ވެސް އެ ކްލަބަށް ކާމިޔާބުކޮށްދީފިއެވެ.
ކްރިސްޓަލް ޕެލަސް އިން ކޮންފަރެންސް ލީގު ކާމިޔާބުކޮށްފި
ލައިޕްޒިގު، ޖަރުމަނު (މެއި 28) - ފައިނަލުގައި ސްޕެއިނުގެ ރަޔޯ ވަޔެކާނޯ 1-0 އިން ބަލިކޮށް އިނގިރޭސި ކްލަބް، ކްރިސްޓަލް ޕެލަސް އިން ޔުއެފާ ކޮންފަރެންސް ލީގުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
ހަބަރު ކިޔާ↑Provides scores, dates, coach names, and tournament history.
↓No named sources or quotes cited in the article.
ޕެލަސް އިން ކޮންފަރެންސް ލީގު ކާމިޔާބުކޮށްފި
ޔޫއެފާ ކޮންފަރެންސް ލީގުގެ ފައިނަލުގައި ރޭ ސްޕެއިންގެ ރަޔޯ ވަޔެކާނޯ 1-0 ގެ ނަތީޖާއަކުން ބަލިކޮށް ކްރިސްޓަލް ޕެލަސް އިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ. ލައިޕްޒިގްގެ ރެޑްބުލް އެރީނާގައި ކުޅުނު ފައިނަލް މެޗު ކާމިޔާބުކޮށް ކޮންފަރެންސް ލީގުގެ ޗެމްޕިއަންކަން ކްރިސްޓަލް ޕެލަސް އިން ހޯދިއިރު މިއީ ޔޫރަޕްގެ މުބާރާތެއްގެ ތަށި އެ ޓީމުން ހޯދި ފުރަތަމަ ފަހަރެވެ. އަދި މިއީ ޕެލަސްގެ ކޯޗު ކަމާއި އޮލިވަރ ގްލޭޒްނަރ ހަވާލުވިފަހުން އޭނާ އެ ކްލަބަށް ކާމިޔާބުކޮށްދިން ތިން ވަނަ މުބާރާތެވެ. މީގެ ކުރިން އޭނާ ވަނީ މިދިޔަ ސީޒަނުގައި މެންޗެސްޓަރ ސިޓީ ބަލިކޮށް އިނގިރޭސި އެފްއޭ ކަޕްގެ ޗެމްޕިއަންކަން ހޯދުމުގެ އިތުރުން އިނގިރޭސި ކޮމިއުނިޓީ ޝީލްޑްވެސް އެ ކްލަބަށް ކާމިޔާބުކޮށްދީފަ އެވެ. ދެ ޓީމުގެ ފަރާތުން ވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެންގޮސްފައިވާ މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑަކީ މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ހަވަނަ މިނިޓުގައި ޖިއާން ފިލިޕް މަޓޭޓާ ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ. މި ލަނޑަށްފަހު ވެސް ޕެލަސް އަށް ވަނީ ލީޑު ފުޅާ ކުރުމަށް ރަގަޅު ފުރުސަތެއް ލިބިފަ އެވެ. ނަމަވެސް ސްޕެއިންގެ ޔެރެމީ ޕިނޯ ފޮނުވާލި ބާރު ހަމަލާ އަމާޒުވެފައިވަނީ ގޯލުގެ ދަނޑިއަށެވެ. މި މެޗުގައި ޕެލަސްގެ ގޯލުކީޕަރު ޑީން ހެންޑަސަން ވަނީ މޮޅު ކުޅުމެއް ދައްކާ ވަޔެކާނޯގެ ގިނަ ހަމަލަތަކެއް މަތަކޮށްފަ އެވެ.
ހަބަރު ކިޔާ↑Specific scorelines, minute, player names and venues provided
↓No direct quotes or cited sources from any officials