




ޝަހުޒާންއާއި ލީވާން ޖަލުގައި ތިބި ގޮޅިން މޯބައިލް ފޯނެއް ފެނުނު މައްސަލަ ތަޙުގީގުކުރަނީ
"އަދަދު" ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ މުހައްމަދު ޝަހުޒާނާއި ލީވާން އަލީ ނަސީރު، މާފުށީ ޖަލުގައި ތިބި ގޮޅިން މޮބައިލް ފޯނެއް ފެނިފައިވާ ކަމަށް ދާޚިލީ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ. ދެ ނޫސްވެރިން ޖަލަށް ލާފައިވަނީ ކޯޓު އަމުރަކާ ޚިލާފުވެގެން، މި މަހުގެ 12 ވަނަ ދުވަހުއެވެ. ފޯނު ފެނުނު މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގު ކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. 15 ދުވަހުގެ ހުކުމް ތަންފީޒުކޮށް ޝަހުޒާން މިނިވަންވުމަށްފަހު، ރައީސްގެ އިރުޝާދުގެ ދަށުން ޖަލު އޮފިސަރުން ގޮޅިއަށްވަދެ ބިރު ދެއްކި ކަމަށް ބުނި ވާހަކަ ވަޒީރު ވަނީ ދޮގުކުރައްވާފައެވެ.
ލީވާން އާއި ޝަހްޒާންގެ ޖަލުގޮޅި ބަދަލު ކުރީ ފޯނެއް ފެނިގެން:އިހުސާން
''އަދަދު'' ނޫހުގެ ނޫސްވެރިޔާ ލީވާން އަލީ ނާސިރާއި، މުހައްމަދު ޝަހްޒާން ޖަލުގޮޅި ބަދަލު ކުރީ ފޯނެއް ފެނުނު މައްސަލައިގައި ކަމަށް ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.
ހަބަރު ކިޔާ↑Specific time, date, and details of phone discovery provided.
↓Only one source quoted; journalist's side not directly included.
ޝަހުޒާން އާއި ލީވާން އެކަހެރި ކުރީ އެ ގޮޅިން ފޯނެއް ފެނިިގެން؛ އެކަން ތަހުގީގު ކުރާނެ: އިހުސާން
'އަދަދު' ނޫހުގެ ނޫސްވެރިން ކަމަށްވާ ލީވާން އަލީ ނާސިރާއި މުހައްމަދު ޝަހުޒާން ޖަލު ހުކުމް ތަންފީޒުކުރަމުންދަނިކޮށް ވަކި ދެ ގޮޅިއަކަށްލައި އެކަހެރި ކުރީ، އެ މީހުން ތިބި ގޮޅިން ފޯނެއް ފެނިގެން ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.
ހަބަރު ކިޔާ↓Minister and journalist cited, but article appears cut off mid-sentence
ޝަހުޒާނާއި ލީވާންގެ ގޮޅިން ފޯނެއް ފެނުނު: އިހްސާން
"އަދަދު" ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ މުހައްމަދު ޝަހުޒާނާއި ލީވާން އަލީ ނަސީރު މާފުށީ ޖަލުގައި ބަންދުކޮށްފައި ތިބި ގޮޅިން މޯބައިލް ފޯނެއް ފެނުނު ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.
ހަބަރު ކިޔާ↑Specific dates, times, and detailed descriptions of events provided.
↓Only two sources cited; no independent verification or third parties.
ޝަހުޒާނާއި ލީވާން ތިބި ޖަލު ގޮޅިން ފޯނެއް ފެނުނު، މައްސަލަ ތަހުގީގު ކުރާނެ: މިނިސްޓަރު
"އަދަދު" ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ މުހައްމަދު ޝަހުޒާނާއި ލީވާން އަލީ ނަސީރު މާފުށީ ޖަލުގައި ބަންދުގައި ކޮށްފައި ތިބި ގޮޅިން މޮބައިލް ފޯނެއް ފެނުނު ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.
ހަބަރު ކިޔާ↑Specific jail durations, names, and incidents clearly mentioned.
↓Includes minister and journalist perspectives, but article is cut short.
ޝަހުޒާންއާއި ލީވާން ޖަލުގައި ތިބި ގޮޅިން މޯބައިލް ފޯނެއް ފެނުނު މައްސަލަ ތަޙުގީގުކުރަނީ
ޝަހުޒާންއާއި ލީވާން ޖަލުގައި ތިބި ގޮޅިން މޯބައިލް ފޯނެއް ފެނުމާއި ގުޅިގެން، އެމައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ތަޙުގީގުކުރަމުންދާކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔަތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ. ޝަހުޒާން ހުކުމް ތަންފީޒުކުރުމަށްފަހު ޖަލުން މިނިވަންވެ ނޫސްވެރިންނަށް ދިން އިންޓަރވިއުއެއްގައި އޭނާ އޮތް ގޮޅިއަށް، ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުން، ޖަލު އޮފިސަރުންވަދެ ބިރު ދެއްކިކަކަމަށް ބުނެ ދައްކަމުންދާ ވާހަކަ ވަޒީރުވަނީ ދޮގުކުރައްވާފައެވެ. ކޯޓު އަމުރާ ޚިލާފުވެގެން ނޫސްވެރިޔާ ޝަހުޒާންއާއި ލީވާން ޖަލަށް ލާފައިވަނީ މިމަހުގެ 12 ވަނަ ދުވަހުއެވެ. ޝަހުޒާނަށް ކުރި 15 ދުވަހުގެ ހުކުމް ނިންމުމަށްފަހު ބުދަ ދުވަހު މިނިވަންވުމަށްފަހު ނޫސްތަކަށް ދިން އިންޓަރވިއުއެއްގައި ޝަހުޒާންވަނީ އޭނާއާއި ނޫސްވެރިޔާ ލީވާން ޖަލުގައި ތިބި ގޮޅިން ވަކިކޮށް ދެގޮޅިއަކަށް ލީ ރައީސުލްޖުމްހޫރިއްޔާގެ އެންގެވުމަށް އޭނާއަށް ބިރުދެއްކުމަށްކަމަށެވެ. އަދި އޭނާ އޮތް ގޮޅިއަށް ވަދެ ޖަލު އޮފިސަރުން އޭނާއަށް ބިރުދައްކާފައިވާކަމަށެވެ. މިކަމާއި ގުޅިގެން ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔަތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ސޯޝަލް މީޑިޔާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޝަހުޒާން ހަދަމުންދަނީ ކަނޑައެޅިގެން ދޮގު ކަމަށެވެ. ވަޒީރު ވިދާޅުވީ އާންމުންގެ ފަރާތުން ލިބުނު މަޢުލޫމާތަކާއި ގުޅިގެން ޝަހުޒާންއާއި ލީވާން ތިބި ގޮޅި ބަލައި ފާސްކުރިއިރު، އެގޮޅީގައި އަލަމާރީގައި ހުރި އަންނައުނު ތަކުގެ ތެރެއިން މޯބައިލް ފޯނެއް ފެނިފައިވާކަމަށެވެ.
ހަބަރު ކިޔާ↑Specific dates, names, and details about phone found in cell provided.
↓Minister quoted but journalist's side lacks direct quote attribution.