

މޯލްޑިވިއަންގެ ދެވަނަ ވައިޑް-ބޮޑީ މަތިންދާ ބޯޓު މިއަހަރުގެ ފަހުކޮޅު ގެންނަނީ
ގައުމީ އެއާލައިން މޯލްޑިވިއަންގެ ދެވަނަ ވައިޑް-ބޮޑީ މަތިންދާބޯޓު މި އަހަރުގެ ފަހުކޮޅު ރާއްޖެ ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށް އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް އިޔާސް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް، ގައުމީ އެއާލައިނަށް ވައިޑް-ބޮޑީ ބޯޓެއް ހޯދުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަން ފާހަގަކޮށްލެވެއެވެ. މިނިންމުމުގެ ބޭނުމަކީ މޯލްޑިވިއަންގެ ހިދުމަތް ފުޅާކޮށް، ބައިނަލްއަގްވާމީ އިތުރު މަންޒިލްތަކަށް ދަތުރުތައް ފެށުމެވެ.
ދެވަނަ ވައިޑް-ބޮޑީ ފްލައިޓް މި އަހަރުގެ ފަހުކޮޅު
ގައުމީ އެއާލައިން -- މޯލްޑިވިއަންގެ ދެވަނަ ވައިޑް-ބޮޑީ މަތިންދާބޯޓު މި އަހަރުގެ ފަހުކޮޅު ގެނައުމުގެ މަސައްކަތް ފަށައިފި އެވެ.
ހަބަރު ކިޔާ↑Article is clear and easy to follow with logical structure.
↓Only one source quoted; no independent verification.
މޯލްޑިވިއަންގެ ދެވަނަ ވައިޑް-ބޮޑީ މަތިންދާ ބޯޓު މިއަހަރުގެ ފަހުކޮޅު ގެންނަނީ
މޯލްޑިވިއަންގެ ދެވަނަ ވައިޑް-ބޮޓީ މަތިންދާ ބޯޓު މިއަހަރު ފަހުކޮޅު ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށް އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް އިޔާސް ވިދާޅުވެއްޖެއެވެ. އިޔާސް މިހެން ވިދާޅުވީ، ކުންފުނިތަކުން ކުރަމުންދާ މަސައްކަތްތައް ހިއްސާކުރުމަށް ޕީއެސްއެމް ނިއުސްއިން ގެނެސްދޭ ޚާއްސަ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ. މޯލްޑިވިއަންގެ ޚިދުމަތް ފުޅާކޮށް ބައިނަލްއަޤްވާމީ ގިނަ މަންޒިލްތަކަށް ދަތުރުތައް ފެށުމަކީ ސަރުކާރުގެ އަމާޒެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވަޢުދުފުޅާއި އެއްގޮތަށް ޤައުމީ އެއަރލައިނަށް އިތުރު ވައިޑް-ބޮޑީ މަތިންދާ ބޯޓެއް ގެނައުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. މިމަސައްކަތްތަކަށް އިޝާރާތްކުރައްވައި އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް އިޔާސް ވިދާޅުވީ، މިދިޔަ އަހަރުގެ ޖަނަވަރީ މަހު ރާއްޖެއަށް ފުރަތަމަ ވައިޑް-ބޮޑީ މަތިންދާ ބޯޓު ގެނައުމަށްފަހު، ރައީސް އެ ދުވަހު އިއުލާންކުރެއްވި ގޮތަށް ދެވަނަ ވައިޑް-ބޮޑީ މަތިންދާ ބޯޓު ގެނައުމަށް މަސައްކަތްތައް ފަށާފައިވާ ކަމަށެވެ. އެހެންނަމަވެސް މި ބޯޓު ރާއްޖެއަށް ގެނައުމަށް ގިނަ ގޮންޖެހުންތަކާއި ކުރިމަތިވަމުންދާ ކަމަށް ވިދާޅުވިއެވެ.
ހަބަރު ކިޔާ↑Some details given but article appears cut off mid-sentence.
↓Only one source cited; no independent verification.