Home
ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި ދުނިޔޭގެ ހޫނުމިން ރެކޯޑު މިންވަރަކަށް މަތިވާނެކުރިއަށް އޮތް ފަސް އަހަރު ތެރޭގައި ދުނިޔޭގެ ހޫނުމިން ރެކޯޑު މިންވަރަކަށް މަތިވާނެ
about 1 month ago

ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި ދުނިޔޭގެ ހޫނުމިން ރެކޯޑު މިންވަރަކަށް މަތިވާނެ

2 ނޫހުން ކަވަރު ކުރި
ވީ ކިހިނެއް

އދ.ގެ މޫސުމާ ބެހޭ އިދާރާ އަދި އިނގިރޭސިވިލާތުގެ މެޓު އޮފީހުން ލަފާކުރާ ގޮތުގައި، ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ދުނިޔޭގެ އެވަރެޖު ހޫނުމިން ރެކޯޑު މިންވަރަކަށް އިތުރުވާނެއެވެ. އދ.ގެ ވޯލްޑު މެޓިއޮރޮލޮޖިކަލް އޯގަނައިޒޭޝަންގެ އަހަރީ ރިޕޯޓު ބުނާ ގޮތުން، ދުނިޔޭގެ ހޫނުމިން ކިލަނބުވާ ސިނާއީ ޒަމާން ފެށުމުގެ ކުރިން، އެބަހީ 1850 އާއި 1900 ދެމެދު ހޫނުމިން ހުރި މިންވަރަށް ވުރެ 1.3 ން 1.9 ޑިގްރީ ދެމެދަށް ހޫނުމިން އިތުރުވާނެ ކަމަށް ބެލެވެއެވެ. އިނގިރޭސިވިލާތުގެ މެޓު އޮފީހުގެ ރިސާޗު ސައިންޓިސްޓެއް ކަމަށްވާ މެލިސާ ސީބްރޫކްވެސް ދުނިޔޭގެ ހޫނުމިން އިތުރުވަމުންދާ ކަމުގެ ހެކި ސާފުކޮށް ފެންނަ ކަމަށް ވިދާޅުވެފައިވެއެވެ.

ޓައިމްލައިން
First01:07 PMSun OnlineInstitutional

ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި ދުނިޔޭގެ ހޫނުމިން ރެކޯޑު މިންވަރަކަށް މަތިވާނެ

ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ދުނިޔޭގެ އެވްރެޖް ހޫނުމިން ރެކޯޑު މިންވަރަކަށް މަތިވާނެ ކަމަށް ލަފާކުރެވޭ ކަމަށް އދ.ގެ މޫސުމަބެހޭ އިދާރާ އަދި އިނގިރޭސިވިލާތުގެ މޫސުމާބެހޭ އިދާރާއިން ބުނެފިއެވެ.

ހަބަރު ކިޔާ
Culculated using AI
sources
3
balance
2
specificity
4
clarity
3

Specific timeframes, years, and Arctic warming multiplier provided.

Only one perspective presented; no skeptical or opposing views.

12:13 AMPSM NewsInstitutional

ދުނިޔޭގެ ހޫނުމިން ރެކޯޑު މިންވަރަކަށް އުފުލެނީ

ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ދުނިޔޭގެ އެވަރެޖު ހޫނުމިން ރެކޯޑު ޢަދަދަކާ ގާތްކުރާ މިންވަރަށް އިތުރުވާނެ ކަމަށް އދގެ މޫސުމާ ބެހޭ އިދާރާއިންނާއި އިނގިރޭސިވިލާތުގެ މެޓު އޮފީހުން ބުނެފިއެވެ. ދުނިޔޭގެ މޫސުމާ ބެހޭ އިދާރާ، ޑަބްލިޔުއެމްއޯގެ އަހަރީ ރިޕޯޓުގައި ބުނީ ދުނިޔޭގެ ބޭރު ފަށަލައިގެ ހޫނުމިން، 1850އާއި 1900ގެ ދުވަސްވަރު ދުނިޔޭގެ ހޫނުމިން އޮތް މިންވަރަށް ވުރެ 1.3 ޑިގްރީއާއި 1.9 ޑިގްރީއާ ދެމެދުގެ މިންވަރަކަށް އިތުރުވާނެ ކަމަށް ބެލެވޭ ކަމަށެވެ. 1850އާއި 1900އާ ދެމެދުގެ ދުވަސްވަރަކީ ކާރުޚާނާތައް އުފައްދައި، ޖައްވު ނުސާފުވާފަދަ މާއްދާތައް ބޭރުވާ ގޮތަށް ދުނިޔޭގައި ސިނާޢީ މަސައްކަތްތައް ކުރަން ފެށުމުގެ ކުރީގެ އަހަރުތަކެކެވެ. އިނގިރޭސިވިލާތުގެ މެޓު އޮފީހުގައި މަސައްކަތްކުރައްވާ ރިސާޗު ސައިންޓިސްޓެއް ކަމަށްވާ މެލިސާ ސީބްރޫކް ވެސް ވިދާޅުވީ ދުނިޔޭގެ ހޫނުމިން އުފުލެމުންދާ ކަމުގެ ސާފު ހެކިތައް ހުރި ކަމަށެވެ. 2015ވަނަ އަހަރުގެ ޕެރިސް އެއްބަސްވުމުގެ ދަށުން ސަރުކާތުތަކުން ވަނީ ސިނާޢީ މަސައްކަތްތައް ފެށުމުގެ ކުރިން ދުނިޔޭގެ ހޫނުމިން ހުރި މިންވަރަށް ވުރެ 1.5 ޑިގްރީއަށްވުރެ މައްޗަށް އެވްރެޖް ހޫނުމިން އުފުލުނަ ނުދޭން މަސައްކަތްކުރުމަށް ވަޢުދުވެފައެވެ. އެ މިންވަރަށްވުރެ ހޫނުމިން މައްޗަށް ގޮސްފި ނަމަ ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތައް އައިސް، ނުރައްކާތެރި މޫސުމީ ކާރިޘާތައް ހިންގާނެ ކަމުގެ އިންޒާރު ސައިންސުވެރިން ވަނީ ދީފައެވެ. ރިޕޯޓުގައި ބުނީ 2026ވަނަ އަހަރާއި 2030ވަނަ އަހަރާ ދެމެދުގެ އަހަރުތަކުގެ ތެެރެއިން ކޮންމެވެސް އެއް އަހަރެއް، ދުނިޔޭގެ ހޫނުމިން މިހާތަނަށް އެންމެ މައްޗަށް ދިޔަ އަހަރުގެ ގޮތުގައި ރެކޯޑު ކުރެވޭނެ ކަމަށެވެ. އެ އަހަރު، މިހާތަނަށް އެންމެ ހޫނު އަހަރުގެ ގޮތުގައި ރެކޯޑުކޮށްފައި މިހާރު އޮތް 2024ވަނަ އަހަރަށް ވުރެ ދުނިޔެ ހޫނު ވާނެއެވެ. އެ އަހަރަކީ 1800ގެ އަހަރުތަކަށް ވުރެ 1.5 ޑިގްރީ އިތުރަށް ދުނިޔެ ހޫނިވި ފުރަތަމަ އަހަރެވެ. ވަގުތީ ގޮތަކަށް ދުނިޔޭގެ ހޫނުމިން 1800ގެ އަހަރުތަކަށްވުރެ 1.5 ޑިގްރީ އިތުރަށް ހޫނުވުމަކީ ޕެރިސް އެއްބަސްވުން ފޭލިވުން ނޫން ކަމަށް ސީބްރޫކް ވިދާޅުވިއެވެ. ނަމަވެސް ދުނިޔޭގެ ހޫނުމިން 1.5 ޑިގްރީ ހުރަސްކުރާ ކޮންމެ ފަހަރަކީ ދާއިމީކޮށް އެ މިންވަރަށް ހޫނުމިން އިތުރުވުމާ ގާތްވާ ފަހަރެއް ކަމަށް އޭނާ ވިދާޅުވިއެެވެ. އަދި 1.5 ޑިގްރީއަށްވުރެ ދަށުގައި ހޫނުމިން ބެހެއްޓުމަށް ލިބިފައިވާ ވަގުތު ކުޑަތަންވަމުން ދާ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ. އުތުރު ހެމިސްފިޔަރގެ އާކްޓިކް ސަރަޙައްދުގެ ހޫނުމިން ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ދުނިޔޭގެ އެހެން ސަރަޙައްދުތަކަށް ވުރެ ހަލުވި މިނުގައި ހޫނުވާނެ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އެ ގޮތުން ގާތްގަނޑަކަށް 3.5 ގުނަ ހަލުވިކޮށް އެ ސަރަޙަ އްދުގެ ހޫނުމިން އިތުރުވާނެ ކަމަށް ބެލެވެއެވެ. ފަހުގެ އަހަރުތަކުގައި އާންމުކޮށް ހުންނަ ފިނިހޫނު މިނަށްވުރެ ފިނިމޫސުމުގެ ފިނިހޫނުމިން 2.8 ޑިގްރީ އިތުރުވުން އެކަށީގެންވެއެވެ. ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި އާކްޓިކްގެ ބައެއް ކަނޑުތަކުގައި ހުރި ގަނޑުފެން ވެސް މާރިޗު މަހުގެ ތެރޭގައި ދިޔާވާން ފަށާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އާކްޓިކް ހޫނުވުމަކީ އޭގެ ސަބަބުން ބޮޑެތި މޫސުމީ ހާދިޘާތައް ހިނގުމަށް މަގުފަހިވާ ކަމެއް ކަމަށް ފާހަގަކުރައްވައި ސީބްރޫކް ވިދާޅުވީ އަދި އުތުރުގެ ސަރަޙައްދުތަކަށް މި ބަދަލުތައް އަންނަ މިންވަރު އިތުރުވާނެ ކަމަށެވެ. ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި އުތުރު ހެމިސްފިޔަރގައި ތަޖުރިބާ ކުރާ ފިނި މޫސުން އެހެން އަހަރުތަކަށްވުރެ ތެތްކަން އިތުރުވާނެ ކަމަށް ވެސް ވަނީ ލަފާކޮށްފައެވެ. އޭގެ އިތުރުން ވިލާތުގެ އުތުރުގެ ސަރަޙައްދުތަކާއި އަލަސްކާއާއި ސައިބީރިއާއާއި ސާހެލްގައި ވެސް މެއި މަހާއި ސެޕްޓެމްބަރު މަހާ ދެމެދު ތެތްކަން އިތުރުވާނެ ކަމަށް ބެލެވެއެވެ. އެއީ ގިނައިން ވާރޭ ވެހި ވައިގެ ތެތްކަން އިތުރުވުމުގެ ސަބަބުންނެވެ. އޭގެ ބަދަލުގައި އެމޭޒަން ސަރަޙައްދުގައި ހިކިކަން އިތުރުވާނެއެވެ. މި އަހަރުގެ ފިނި މޫސުމުގައި ވެސް ބާރުގަދަ އެލްނިނޯއެއް އަންނާނެ ކަމަށް ބެެލެވެއެވެ. އެލްނިނޯގައި މެދުތެރޭ އަދި އިރުމަތީ ޕެސިފިން ކަނޑުގެ މަތީ ފަށަލައިގެ ހޫނުމިން އިތުރުވެއެވެ. އެލްނިނޯގެ ޙާލަތުގައި ޕެސިފިކް ކަނޑު ހޫނުވުމުގެ ސަބަބުން ދުނިޔޭގެ ހޫނުމިން ރެކޯޑު މިންވަރަކަށް އުފުލުން އެކަށީގެންވެއެވެ.

ހަބަރު ކިޔާ
Culculated using AI
sources
4
balance
3
specificity
4
clarity
4

Cites WMO report and named UK Met Office scientist.

Only presents one side; no opposing scientific views included.

ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި ދުނިޔޭގެ ހޫނުމިން ރެކޯޑު މިންވަރަކަށް މަތިވާނެ — NewsWatch.mv