



މާލޭން ބޭރުން ފުރަތަމަ ފަހަރަށް ޑްރަގް ކެފޭއެއް ހޯދައި ބަންދުކޮށްފި
ފުވައްމުލައް ސިޓީގައި މަސްތުވާތަކެތި ވިއްކައި، ބޭނުންކުރުމުގެ ފުރުސަތު ދެމުން ދިޔަ ކެފޭއެއް ކޯޓު އަމުރެއްގެ ދަށުން ބަންދުކޮށްފިއެވެ. މިއީ މާލެ ސިޓީން ބޭރުގައި މި ބާވަތުގެ ތަނެއް ހޯދައި ބަންދުކުރި ފުރަތަމަ ފަހަރެވެ. ޑްރަގް ކެފޭގެ ގޮތުގައި ހިންގަމުން ދިޔަ ކަމަށް ތުހުމަތުކުރެވޭ މި ތަން ބަންދުކޮށްފައިވަނީ ރަސްމީ ކޯޓު އަމުރަކާ އެކުއެވެ.
ފުވައްމުލަކުގައި ހިންގަމުން އައި ޑްރަގް ކެފޭއެއް ބަންދުކޮށްފި
ފުވައްމުލައް ސިޓީގައި ހިންގަމުން އައި ޑްރަގް ކެފޭއެއް ބަންދުކޮށްފިއެވެ.
ހަބަރު ކިޔާ↑Specific address, duration of order, and legal basis provided.
↓Only police cited; no independent or community voices included.
މާލޭން ބޭރުން ފުރަތަމަ ފަހަރަށް ޑްރަގް ކެފޭއެއް ހޯދައި ބަންދުކޮށްފި
ފުވައްމުލަކުގައި މަސްތުވާތަކެތި ވިއްކުމުގެ އިތުރުން އެތަކެތި ބޭނުންކުރުމުގެ ފުރުސަތު ދޭ ކެފޭއެއްގެ ގޮތުގައި ހިންގާ ކަމަށް ތުހުމަތުކުރެވޭ ތަނެއް ކޯޓުއަމުރެއްގެ ދަށުން އިއްޔެ ބަންދުކޮށްފި އެވެ.
ހަބަރު ކިޔާ↑Specific location, court order duration, and legal basis provided.
↓Only police cited; no independent or community sources included.
ފުވައްމުލަކުގައި ހުރި ޑްރަގް ކެފޭއެއް ބަންދުކޮށްފި
ފުވައްމުލައް ސިޓީގައި ކެފޭ އުސޫލުން މަސްތުވާތަކެތި ބޭނުން ކުރުމުގެ ހިދުމަތް ދެމުންދިޔަ ތަނެއް ބަންދުކުރަން ފުވައްމުލައް މެޖިސްޓްރޭޓް ކޯޓުން އަމުރު ނެރެފި އެވެ.
ހަބަރު ކިޔާ↑Specific address, duration (85 days), and first-ever order noted.
↓Only police cited; no court or community voices included.
ފުވައްމުލަކުގެ ޑްރަގް ކެފޭއެއް ބަންދުކޮށްފި
ފުވައްމުލަކު ސިޓީގައި ހިންގަމުންދިޔަ ޑްރަގް ކެފޭއެއް ކޯޓު އަމުރެއްގެ ދަށުން ފުލުހުން ބަންދުކޮށްފިއެވެ. މިއީ މާލެ ސަރަހައްދުން ބޭރުގައި ހިންގަމުން ދިޔަ ޑްރަގް ކެފޭއެއް ބަންދު ކުރި ފުރަތަމަ ފަހަރު ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ. ފުވައްމުލައް ސިޓީއަށް މަސްތުވާތަކެތި އެތެރެކޮށް، އެ ތަކެތި ވިއްކައި ވިޔަފާރިކޮށް، ކެފޭ އުސޫލުން މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ދެމުންދާކަމުގެ ތުހުމަތުގައި ބަންދުކޮށްފައިވަނީ ، ޏ. ފުވައްމުލައް / ފުނާޑު، ގުލިސްތާނުގޭގައި ހަދާފައިވާ ތަނެކެވެ. މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ދިނުމަށް އެގޭގައި ހަދާފައިވާ ބައި ބަންދުކުރަން ކޯޓު އަމުރު ނެރެފައިވަނީ ފުވައްމުލައް މެޖިސްޓްރޭޓް ކޯޓުންނެވެ. މި އަމުރު ނެރެފައިވަނީ ބުދަ ދުވަހު ކަމަށާއި އެތަން 85 ދުވަހަށް ބަނދު ކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ނެރުނު މި އަމުރަކީ، މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތްދޭ ތަނެއް ބަންދުކުރުމަށް ފުވައްމުލައް މެޖިސްޓްރޭޓް ކޯޓުން ނެރުނު ފުރަތަމަ އަމުރު ކަމަށް ފުލުހުން ވިދާޅުވިއެވެ. ކޯޓު އަމުރުގެ ދަށުން މިގޮތަށް ބަންދުކުރާ ތަންތަނަށް، އެ އަމުރުގެ މުއްދަތުގައި ހުއްދަނެތި ވަދެނުކުމެ ހެދުމަކީ ކުށެކެވެ. އަދި މިފަދަ ތަންތަނަށް ހުއްދައާ ނުލައި ވަންނަ ފަރާތްތަކާއި، އެ ތަންތަނަށް އެކި ގޮތްގޮތުން ގެއްލުންދޭ ފަރާތްތަކާމެދު ގާނޫނީ ގޮތުން އެޅޭނެ އެންމެ ހަރުކަށި ފިޔަވަޅު އެޅޭނެ ކަމަށް ފުލުހުން ވިދާޅުވިއެވެ. ފުވައްމުލައް ސިޓީގައި މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާ ފަރާތްތައް ހުއްޓުވުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކަށް ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ. ފުވައްމުލަކުގައި ކެފޭ އުސޫލުން މަސްތުވާތަކެތި ވިއްކަމުން ދިޔަ ތަނެއް ބަންދުކޮށްފައިވާއިރު، މިފަދަ ޑްރަގް ކެފޭއެއް މާލޭގައި ހިންގަމުން ދަނިކޮށް ފުރަތަމަ ފަހަރަށް ކޯޓު އަމުރެއް ނެރުނީ، މިމަހުގެ 5 ވަނަ ދުވަހުއެވެ. އޭރު އަމުރު ނެރެފައިވަނީ ކ. މާލެ / ހ. ގުންޒަރު ބަންދު ކުރުމަށެވެ. މަސްތުވާތަކެތި ބޭނުންކުރުމުގެ ޚިދުމަތް ދޭ ތަންތަން 24 ގަޑިއިރަށް ބަންދުކުރުމުގެ ނޯޓިސް ނެރުމުގެ ބާރު ފުލުހުންނަށް ދީ، އެ ގޮތަށް ބަަންދުކުރެވޭ ތަންތަން ގިނަވެގެން ތިން މަސް ދުވަހަށްވުރެ އިތުރު ނުވާ ގޮތަށް ބަންދުކުރުމުގެ އަމުރު ނެރުމުގެ ބާރު ކޯޓުތަކަށް ލިބޭ ގޮތަށް މަސްތުވާތަކެއްޗާ ބެހޭ ޤާނޫނު އިސްލާޙުކޮށް އަމަލުކުރަން ފެށީ، 2026 މާރިޗު 7 ގައެވެ މަސްތުވާތަކެއްޗާބެހޭ ގާނޫނުން ފުލުހުންނަށް ލިބިދީފައިވާ ބާރުތަކުގެ ދަށުން، ފުލުހުން ކުރަމުންދާ މަސައްކަތް ހުއްޓުމެއްނެތި ކުރަމުންދާނެއެވެ. އަދި މަސްތުވާތަކެތީގެ ވިޔަފާރިކޮށް، މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ދެމުންދާ އިތުރު ތަންތަން ހޯދައި، ގާނޫނުގައިވާ ގޮތުގެ މަތިން އެފަދަ ތަންތަން ބަންދުކުރުމުގެ މަސައްކަތް ފުލުހުން ހުއްޓުމެއް ނެތި ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ހަބަރު ކިޔާ↑Specific location, duration (85 days), and court named clearly.
↓Only police cited; no independent or community sources included.