

އެއްބަސްވުމަކަށް ނާދެވުމުން ކޮނާޓޭ ހިލޭ ޓްރާންސްފާއެއްގައި ލިވަޕޫލް ދޫކޮށްލަނީ
ފްރާންސްގެ ޑިފެންޑަރ އިބްރާހިމާ ކޮނާޓޭ، ލިވަޕޫލްއާ އެކު ވެފައިވާ އެއްބަސްވުމުގެ މުއްދަތު އަންނަ ޖޫން މަހަށް ހަމަވާތީ، ހިލޭ ޓްރާންސްފާއެއްގައި އެ ކްލަބް ދޫކޮށްލަން ނިންމާފައިވެއެވެ. ކޮނާޓޭ ލިވަޕޫލާ އެކު ހަދާފައިވާ ކޮންޓްރެކްޓް އާ ކުރުމަށް 2023 ވަނަ އަހަރުގެ ނޮވެންބަރު މަހުން ފެށިގެން ދެ ފަރާތުގެ ދެމެދުގައި ވާހަކަ ދެކެވިފައިވެއެވެ. ނަމަވެސް މުސާރަ އާއި އެހެނިހެން ކަންތައްތަކާ ބެހޭ ގޮތުން ދެ ފަރާތުން އެއްބަސްވުމަކަށް ނާދެވި، މި ވާހަކަތައް ކޮޅެއްގައި ނުޖެހުނީއެވެ. ކޮނާޓޭ ލިވަޕޫލާ ގުޅިފައިވަނީ 2021 ވަނަ އަހަރު، ޖަރުމަންވިލާތުގެ ލެއިޕްޒިގުން 35 މިލިއަން ޕައުންޑަށެވެ.
އެއްބަސްވުމަކަށް ނާދެވުމުން ކޮނާޓޭ ހިލޭ ޓްރާންސްފާއެއްގައި ލިވަޕޫލް ދޫކޮށްލަނީ
ލިވަޕޫލް (މެއި 29) - ފްރާންސްގެ ޑިފެންޑަރު، އިބްރާހިމާ ކޮނާޓޭ، ލިވަޕޫލާ އެކު ހަދާފައިވާ އެއްބަސްވުން އާ ކުރަން ކުރި މަސައްކަތުގައި ކުރިއެރުމެއް ނުފެނި އެންމެ ފަހުން ހިލޭ ޓްރާންސްފާއެއްގައި އެ ކްލަބް ދޫކޮށްލާ ގޮތަށް ނިންމާފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.
ހަބަރު ކިޔާ↑Story is clearly structured and easy to follow
↓Only vague 'media reports' cited, no named sources
ފްރީ އެޖެންޓެއްގެ ގޮތުގައި ކޮނާޓޭ ލިވަޕޫލް ދޫކޮށްލަނީ
ފްރާންސްގެ ޑިފެންޑަރ އިބްރާހިމާ ކޮނާޓޭ ލިވަޕޫލް އާއިއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު އަންނަ ޖޫން މަހަށް ހަމަވާއިރު އައު އެގްރިމެންޓަކާއިމެދު ދެކުވުނު ވާހަކަތައް ކޮޅެއްގައި ނުޖެހުމުން ގްރީ އެޖެންޓެއްގެ ގޮތުގައި އޭނާ އެ ކްލަބު ދޫކޮށްލަން ނިންމައިފި އެވެ. އުމުރުން 27 އަހަރުގެ ކޮނާޓޭ އާއި ލިވަޕޫލް އާއި ދެމެދު ކުރެވުނު މަޝްވަރާތަކުން އޭނާގެ މުސާރަ އާއި އަދި އެހެނިހެން ކަންތައްތަކާއިމެދު ވަނީ ދެ ފަރާތަށް އެއްބަސްވުމަކަށް އާދެވޭގޮތްނުވެފަ އެވެ. 2021 ވަނަ އަހަރު ޖަރުމަނުގެ ލެއިޕްޒިގް އިން ކޮނާޓޭ ލިވަޕޫލް އާއި ގުޅިފައިވަނީ 5 އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން 35 މިލިއަން ޕައުންޑްގެ ފީ އަކަށެވެ. 2023 ވަނަ އަހަރުގެ ނޮވެމްބަރ މަހުން ފެށިގެން އައު އެގްރިމެންޓަކާއިމެދު ދެ ފަރާތުގެ ދެމެދުގައި ވަނީ އެކި ފަހަރުމަތިން މަޝްވަރާކޮށްފަ އެވެ. އަދި އަދި މިދިޔަ އެޕްރިލް މަހު ކޮނާޓޭ ވަނީ އައު އެއްބަސްވުމަކާއި ހަމައަށް ވަރަށް އަވަހަށް އަދެވޭނެ ކަމަށް އުންމީދުކުރާކަމަށް ބުނެފަ އެވެ. ކޮނާޓޭ ލިވަޕޫލް ދޫކޮށްލަން ނިންމާފައިވާއިރު ނިމިގެންދިޔަ ސީޒަނަށްފަހު ލިވަޕޫލްގެ އެންޑި ރޮބަޓްސަން އާއި މުހައްމަދު ސަލާހް ވެސް ވަނީ ފްރީ އެޖެންޓުންގެ ގޮތުގައި އެ ކްލަބް ދޫކޮށްފަ އެވެ. އަދި މިދިޔަ އަހަރު ޓްރެންޓް އެލެކްޒެންޑަރ އާނޯލްޑް ވަނީ އޭނާ އާއިއެކު ލިވަޕޫލް އިން ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާން މަހަކަށް ވެފައިވަނިކޮށް ސްޕެއިންގެ ރެއާލް މެޑްރިޑަށް ބަދަލުވެފަ އެވެ. ކޮނާޓޭ ލިވަޕޫލް ދޫކޮށްލަން ނިންމާފައިވާއިރު އެ ޓީމުގައި މިވަގުތު ތިބި ތަޖުރިބާކާރު ދެ ޑިފެންޑަރުންނަކީ ވެންޑައިކް އާއި ޖޯ ގޯމޭޒް އެވެ.
ހަބަރު ކިޔާ↑Specific dates, fees, and contract details provided
↓No named sources cited, relies on reported facts only