





ހިމަބިހީގެ 2 ޑޯޒް ފުރިހަމަ ނުކުރާ މީހުންނަށް ވެކްސިން ކެމްޕޭނެއް
ހިމަބިހީގެ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ނުކުރާ ފަރާތްތަކަށް ވެކްސިން ދިނުމުގެ ކެމްޕޭނެއް ފެށުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ނިންމައިފިއެވެ. ހިމަބިއްސަކީ ރާއްޖެއިން 2017 ވަނަ އަހަރު ނައްތާލެވިފައިވާ ބައްޔެއް ކަމުގައި ވީނަމަވެސް، މިދިޔަ ނުވަ އަހަރުގެ ތެރޭގައި ބަލީގެ ކޭސްތަކެއް ރާއްޖެއިން ފެނިފައިވެއެވެ. ފާހަގަކޮށްލެވޭ ގޮތުގައި، މިދިޔަ މެއި 13 ވަނަ ދުވަހު މާލޭ ސަރަހައްދުން ހިމަބިހީގެ ކޭސްތަކެއް ފެނުމާ ގުޅިގެން، ބަލި ޖެހިފައިވާ ފަރާތްތަކާ ބައްދަލުވި މީހުން ދެނެގަނެ ޓެސްޓްތައް ހެދުމުގެ މަސައްކަތް އެޗްޕީއޭ އިން ދަނީ ކުރިއަށް ގެންދަމުންނެވެ. ހިމަބިހިން ރައްކާތެރިވުމަށް ދެވޭ ވެކްސިންގެ ސަބަބުން ބަލީގެ ނުރައްކަލުން ފުރާނަ ސަލާމަތްކޮށްދެވޭ ކަމަށް އެޗްޕީއޭ އިން ފާހަގަކޮށްފައިވެއެވެ.
ހިމަބިހި ވެކްސިން ދިނުމުގެ ކެމްޕޭނެއް ފަށަނީ
މީސަލްސް -- ހިމަބިހީގެ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ނުކުރާ މީހުންނަށް ވެކްސިން ދިނުމުގެ ކެމްޕޭނެއް ފެށުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިންމައިފި އެވެ.
ހަބަރު ކިޔާ↑Specific case numbers, symptoms, and vaccine details provided.
↓Only one source cited; no independent medical experts quoted.
ހިމަބިހީގެ ވެކްސިންގެ ދެ ޑޯޒް ފުރިހަމަނުކުރާ ފަރާތްތަކަށް ޚާއްސަ ވެކްސިން ކެމްޕޭނެއް
މާލެ ސަރަޙައްދުން ހިމަބިހި (މީސަލްސް) ގެ ކޭސްތަކެއް ފެންނަމުންދާތީ، އެ ބަލިން ރައްކާތެރިވުމަށްޓަކައި ހިމަބިހީގެ ވެކްސިންގެ ދެ ޑޯޒް ފުރިހަމަނުކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ހާއްސަ ވެކްސިން ކެމްޕޭނެއް ފެށުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ނިންމައިފިއެވެ.
ހަބަރު ކިޔާ↑Article is clearly written and easy to follow.
↓Only one source quoted; no independent or external voices.
ހިމަބިހީގެ 2 ޑޯޒް ފުރިހަމަ ނުކުރާ މީހުންނަށް ވެކްސިން ކެމްޕޭނެއް
ހިމަބިހީގެ ވެކްސިން 2 ޑޯޒް ފުރިހަމަ ނުކުރާ ފަރާތްތަކަށް ވެކްސިން ކެމްޕޭނެއް ފެށުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭއިން ނިންމައިފިއެވެ. ހިމަބިހިން ރައްކާތެރިވުމަށް ދެވޭ ވެކްސިންގެ ސަބަބުން ބަލީގެ ސަބަބުން ފުރާނައަށް ގެއްލުންވުން ދުރުކޮށްދޭކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. ހިމަބިއްސަކީ ރާއްޖެއިން 2017 ވަނަ އަހަރު އެއްކޮށް ނައްތާލެވިފައިވާ ބައްޔެކެވެ. އެހެންނަމަވެސް މިވޭތުވެދިޔަ 9 އަހަރުގެ ތެރޭގައި އެކި ދުވަސްވަރު ހިމަބިހީގެ ކޭސްތަކެއް ރާއްޖެއިންވަނީ ފެނިފައެވެ. އެއާއެކު ވަރަށް ބޮޑު ސަމާލުކަމެއް ދީގެން ބަލި އިތުރަށް ފެތުރުނުނަ ނުދިނުމަށް އެޗްޕީއޭއިންވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. މިމެއި މަހުގެ 13 ވަނަ ދުވަހު މާލެ ސަރަޙައްދުން ހިމަބިހީގެ ކޭސްތަކެއް ފެނުމައި ގުޅިގެން އެޗްޕީއޭއިން މިހާރުދަނީ އެފަރާތްތަކާއި ބައްދަލުވީ ފަރާތްތައް ދެނެގަނެ، އެފަރާތްތަކުގެ ޓެސްޓު ހެދުމާއި އަދި ވެކްސިން ދިނުމުގެ މަސައްކަތް ކުރަމުންނެވެ. މިހާތަނަށް މާލެ ސަރަޙައްދުން 9 ފަރާތެއްވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ. ޕީއެސްއެމްނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެޗްޕީއޭގެ ޕަބްލިކް ހެލްތު ޑިރެކްޓަރ، ނާޝިޔާ ޢަބްދުލްޣަފޫރު ވިދާޅުވީ، ރާއްޖެއިން ނައްތާލެވިފައިވާ ބައްޔެއްކަމުން އެކަން ދަމަހައްޓާ، ބަލީގެ ނުރައްކާ ހާލަތަކަށް ދިޔުމުގެ ފުރުސަތު އޮތް މީހުން މަދުކުރުމަށް އިތުރު ފިޔަވަޅުތައް އެޅުމަށް މަސައްކަތްކުރަމުންދާކަމަށެވެ.
ހަބަރު ކިޔާ↑Specific case numbers, dates, and campaign details provided.
↓Only one named source cited; no independent health experts quoted.
ހިމަބިހީގެ ވެކްސިން އަލުން ޖަހަން ފަށަނީ
މީސަލްސް ނުވަތަ ހިމަބިހީގެ ވެކްސިން ފުރިހަމަ ނުކުރާ މީހުންނަށް ހާއްސަކޮށްގެން، އެ ވެކްސިން އަލުން ޖަހަން ފަށަން ނިންމާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން ބުނެފި އެވެ.
ހަބަރު ކިޔާ↑Article is clearly structured with context and official statements.
↓Only one source cited; no independent health experts quoted.
ހިމަބިހިން ރައްކާތެރިވާން ދެ ޑޯޒު ނުޖަހާ މީހުންނަށް ވެކްސިން ޖަހަން ފަށަނީ
ހިމަބިހިން ރައްކާތެރިވާން ދެ ޑޯޒު ނުޖަހާ މީހުންނަށް ހާއްސަކޮށްގެން ވެކްސިން ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.
ހަބަރު ކިޔާ↑Specific case numbers and target groups clearly mentioned.
↓Only one source cited; no independent expert or patient voices.
ހިމަބިހި ވެކްސިންގެ ދެ ޑޯޒް ހަމަނުކުރާ މީހުންނަށް، ވެކްސިން ޖަހައިދެނީ
ގައިންގަޔަށް އަރާ ނުރައްކާތެރި ބައްޔެއް ކަމަށްވާ ހިމަބިހީގެ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ނުކުރާ މީހުންނަށް ވެކްސިން ޖަހައިދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.
ހަބަރު ކިޔާ↑Specific case numbers and contact tracing figures provided.
↓Only one source cited; no independent medical experts included.