




އާޓިފިޝަލް ބީޗުގައި ބިދޭސީންތަކެއް ހަމަނުޖެހުން ހިންގި މައްސަލަ ބަލަނީ
މާލޭގެ އާޓިފިޝަލް ބީޗުގައި ބިދޭސީންތަކެއްގެ މެދުގައި މާރާމާރީއެއް ހިންގައިފިއެވެ. މި ހަމަނުޖެހުމާ ގުޅިގެން ފުލުުހުން ވަނީ މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އަޅާނެ ކަމަށް ބުނެފިއެވެ.
އާޓިފިޝަލް ބީޗުގައި ބިދޭސީންގެ މާރާމާރީއެއް؛ ފުލުހުން މައްސަލަ ބަލަނީ
އާޓިފިޝަލް ބީޗުގައި ބިދޭސީންތަކެއްގެ މެދުގައި މިއަދު މާރާމާރީއެއް ހިންގައިފިއެވެ.
ހަބަރު ކިޔާ↑Article is clearly written and easy to follow.
↓Only one source cited: police media official, no witnesses.
އާޓިފިޝަލް ބީޗުގައި ބިދޭސީން މާރާމާރީ ހިންގި މައްސަލައެއް ބަލަނީ
މިއަދު އާޓިފިޝަލް ބީޗުގައި ބިދޭސީންތަކެއް މާރާމާރީ ހިންގި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
ހަބަރު ކިޔާ↑Article is clearly written and easy to follow.
↓Only police quoted; no witnesses or officials beyond one source.
ބިދޭސީންތަކެއް މާރާމާރީ ހިންގި މައްސަލަ ބަލަނީ
އާޓިފިޝަލް ބީޗުގައި ބިދޭސީންތަކެއްގެ މެދުގައި މިއަދު ހިނގާދިޔަ މާރާމާރީގެ މައްސަލަ ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ. ފުލުހުން ބުނީ މާލޭގެ އާޓިފިޝަލް ބީޗް ސަރަހައްދުގައި ބަޔަކު މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވުމާ ގުޅިގެން އެ މައްސަލަ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. މިމައްސަލަ އެއްވެސް ފަރާތަކުން މިހާތަނަށް ފުލުހުންނަށް ހުށަހަޅާފައި ނުވާ ކަމަށްވެސް ބުންޏެވެ. އެކަމަކު މިއީ ޖިނާއީ ކުށެއް އެކުލެވޭ ކަމަކަށްވާތީ ގާނޫނީ އިޖުރާއަތްތަކުގެ ދަށުން މި މައްސަލަ ތަހުގީގުކޮށް، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށްވެސް ފުލުހުން ބުންޏެވެ.
ހަބަރު ކިޔާ↑Article is clearly written and easy to follow.
↓Only police quoted; no witnesses or involved parties.
އާޓިފިޝަލް ބީޗުގައި ބިދޭސީންތަކެއް ހަމަނުޖެހުން ހިންގި މައްސަލަ ބަލަނީ
މާލޭގެ އާޓިފިޝަލް ބީޗުގައި ބިދޭސީންތަކެއް މާރާމާރީ ހިންގި މައްސަލަ ބަލައި ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.
ހަބަރު ކިޔާ↑Clear and straightforward reporting of the incident and response
↓Only police statement cited, no other sources included
ބިދޭސީންތަކެއްގެ މެދުގައި މާރާމާރީއެއް، މައްސަލަ ތަހުޤީޤު ކުރަނީ
އާޓިފިޝަލް ބީޗުގައި ބިދޭސީންތަކެއްގެ މެދުގައި ހިނގި މާރާމާރީއެއްގެ މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުޤީޤު ކުރަން ފަށައިފިއެވެ. ހެންވޭރު އާޓިފިޝަލް ބީޗު ސަރަހައްދުގައި ބިދޭސީންތަކެއްގެ މެދުގައި މާރާމާރީއެއް ހިނގާ މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި ދަނީ ދައުރުވަމުންނެވެ. މީސްމިޑީއާގައި ދައުރުވަމުންދާ އެ ވީޑިއޯގައި އެ ސަރަހައްދުގައި ތިބި ބިދޭސީންތަކެއްގެ މެދުގައި މާރާމާރީއެއް ހިންގައި އެއްބަޔަކު އެކަން ހުއްޓުވަން މަސައްކަތް ކުރާތަން ފެނެއެވެ. އެ ވިޑީއޯ ދައުރުވަމުން ދިއުމާއި ގުޅިގެން ފުލުހުން ވިދާޅުވީ އެފަދަ ކަމެއް ހިންގައިންގެ ފުލުހުންނަށް އެއްވެސް މައްސަލައެއް ހުށަހަޅާފައި ނުވާ ކަމަށެވެ. ނަމަވެސް މިއީ ޖިނާޢީ ކުށެއް ހިމެނޭ މައްސަލައެއް ކަމުން، ގާނޫނީ އިޖުރާއަތްތަކުގެ ދަށުން މި މައްސަލަ ތަހުގީގުކޮށް، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ފުލުހުން ވިދާޅުވިއެވެ. މީގެ ކުރިންވެސް ބިދޭސީންތައްކެއްގެ މެދުގައި މާރާމާރީ ހިނގައި އެ މައްސަލަ ކަމާއި ގުޅޭ އިދާރާތަކުން ވަނީ ތަހުޤީޤުކޮށްފައެވެ. އެގޮތުން އެންމެ ފަހުން 2024 ވަނަ އަހަރު ޑިސެމްބަރ މަހުގެ ކުރީކޮޅު ބިދޭސީންތަކެއްގެ މެދުގައި އާޓިފިޝަލް ބީޗުގައި މާރާމީއެއް ހިންގުމުން އެ މައްސަލައިގައި ޝާމިލް ވި މީހާ ޑިޕޯޓް ކޮށްފައިވެއެވެ. އަދި އޭގެ ފަހުން މިދިޔަ އަހަރު ޖަނަވަރީ މަހުވެސް އާޓީފިޝަލް ބީޗުގައި ހިންގި މާރާމާރީއެއްގައި ޝާމިލްވި 3 ބިދޭސީއަކު ޑީޕޯޓު ކޮށްލާފައިވެއެވެ. އާންމު މަސްލަހަތަށް ނުރައްކާވާ ގޮތަށް، މިފަދަ އަމަލުތައް ހިންގާ ބިދޭސީންނަށް އިތުރު ފުރުސަތެއް ނުދޭނެ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވަނީ ވިދާޅުވެފައެވެ.
ހަބަރު ކިޔާ↑Date and location provided but suspects and details are vague.
↓Only police cited; no witnesses or officials named directly.