Home
2030ގެ ވޯލްޑް ކަޕުގައި ރޮނާލްޑޯ ކުޅޭނެ، އެއްވެސް ޝައްކެއް ނެތް: ރޮބާޓޯ މާޓިނޭޒް2030ގެ ވޯލްޑް ކަޕުގައި ރޮނާލްޑޯ ކުޅޭނެ، އެއްވެސް ޝައްކެއް ނެތް: ރޮބާޓޯ މާޓިނޭޒް
3 months ago

2030ގެ ވޯލްޑް ކަޕުގައި ރޮނާލްޑޯ ކުޅޭނެ، އެއްވެސް ޝައްކެއް ނެތް: ރޮބާޓޯ މާޓިނޭޒް

2 ނޫހުން ކަވަރު ކުރި
ވީ ކިހިނެއް

ޕޯޗުގަލްގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ރޮބާޓޯ މާޓިނޭޒް ވަނީ، 2030 ވަނަ އަހަރު ޕޯޗުގަލް، ސްޕެއިން، އަދި މޮރޮކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕްގައި ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ. އެ މުބާރާތް ބޭއްވޭ އިރު ރޮނާލްޑޯ އަށް 45 އަހަރުވާނެ ކަމަށްވިޔަސް، ކަސްރަތާއި ހަށިގަނޑު ބެލެހެއްޓުމުގައި ރޮނާލްޑޯ ދައްކާ ނަމޫނާ ފާހަގަކުރައްވަމުން، އޭނާ އަކީ އެހެން ކުޅުންތެރިންނާ ތަފާތު ހާއްސަ ކުޅުންތެރިއެއް ކަމަށް މާޓިނޭޒް ވަނީ ތައުރީފް ކުރައްވައިފައެވެ. "ކާކަށް އެނގޭނީ އޭނާ 2030ގެ ވޯލްޑް ކަޕް ނުކުޅޭނެ ކަމެއް" ކަމަށް ވިދާޅުވެ، ރޮނާލްޑޯ ވޯލްޑް ކަޕްގެ ޖާގަ ހޯދުމަކީ ވެދާނެ ކަމެއް ކަމަށް މާޓިނޭޒް ވަނީ ހާމަކުރައްވައިފައެވެ.

ޓައިމްލައިން
First04:11 PMSun OnlineExclusive

2030ގެ ވޯލްޑް ކަޕުގައި ރޮނާލްޑޯ ކުޅޭނެ، އެއްވެސް ޝައްކެއް ނެތް: ރޮބާޓޯ މާޓިނޭޒް

ޕޯޗުގަލް، ސްޕެއިން އަދި މޮރޮކޯގައި 2030 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ފެނުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި، އެކަމާ މެދު އެއްވެސް މީހަކު ޝައްކުކޮށްގެން ނުވާނެ ކަމަށް ޕޯޗުގަލްގެ ގައުމީ ޓީމުގެ ކޯޗު ރޮބާޓޯ މާޓިނޭޒް ބުނެފިއެވެ.

ހަބަރު ކިޔާ
Culculated using AI
sources
2
balance
2
specificity
4
clarity
4

Specific stats on Ronaldo's caps and goals add factual depth.

Only one source cited; no independent verification or additional voices.

07:32 AMPSM NewsExclusive

2030ގެ ވޯލްޑް ކަޕް ވެސް ރޮނާލްޑޯ ކުޅެފާނެ: މާޓިނޭޒް

ޕޯޗުގަލް ހިއްސާވެގެން ބާއްވާ 2030 ވަނަ އަހަރުގެ ވޯލްޑް ކަޕް ކުޅޭއިރު އެ ގައުމުގެ މިހާރުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އަށް 45 އަހަރުވާނެ އެވެ. މި އުމުރުގައި އޭނާ އެ މުބާރާތުން ނުފެންނާނެ ކަމަށް ގިނަ ބަޔަކު ޔަގީން ކުރެ އެވެ. އެއީ މީގެ ކުރިން މިހާ ދޮށީ އުމުރެއްގައި ކުޅުންތެރިއަކު އެފަދަ އަމާޒަކަށް ވާސިލްވާން ނޫޅޭތީ އެވެ. ނަމަވެސް އުމުރުން މިހާރު 41 އަހަރުގެ ރޮނާލްޑޯ އަކީ ތަފާތު ކުޅުންތެރިއެކެވެ. މިކަން ފާހަގަ ކުރީ އޭނާގެ ކޯޗު ރޮބާޓޯ މާޓިނޭޒެވެ. ވޯލްޑް ކަޕަށް ޕޯޗުގަލް ތައްޔާރުވާން ފެށުމުގެ ގޮތުން ވާހަކަ ދައްކަމުން މާޓިނޭޒް ތައުރީފް އޮއްސާލީ ރޮނާލްޑޯ އަށެވެ. "ކާކަށް އެނގޭނީ އޭނާ 2030ގެ ވޯލްޑް ކަޕް ނުކުޅޭނެ ކަމެއް. އެއީ ހަމަ ވެދާނެ ކަމެއް. އޭނާ އެ ޖާގަ ހޯދަފާނެ،" މާޓިނޭޒް ބުންޏެވެ. ގަވާއިދުން ކަސްރަތުކޮށް، ކެއިން ބުއިން ތަރުތީބުކޮށް، ހަށިގަނޑުގެ މިންހަމަ ވަކި ގޮތަކަށް ބަހައްޓައި އަބަދުވެސް ފިޓްކޮށް ހުންނަ ރޮނާލްޑޯ އަކީ އަދިވެސް ބަލާބެލުމަށް ނޫކަށި ފުރައިގެ ކުއްޖެކެވެ. އަދި އޭނާގެ މަސައްކަތުގެ ރޭޓް ވެސް ޒުވާން ކުޅުންތެރިންނަށް ދުލެއް ނުދެ އެވެ. "އަހަރެން ދެކެފިން ވަރަށް މޮޅު ކުޅުންތެރިން. ބަލޮންޑޯ ނުވަތަ ޗެމްޕިއަންސް ލީގު ހޯދާފައި އެ މީހުން ޖެހިގެން އަންނަ ދުވަހު މުޅިން ތާފަތު ބަޔަށްވެދޭ. އެކަމަކު ރޮނާލްޑޯ ތަފާތު. އޭނާ އަބަދުވެސް މަސައްކަތް ކުރަނީ މޮޅުވާން. އިތުރަށް ކުރިއަރަން. ފިޓްކޮށް ހުންނަން. މިހެންވީމާ އޭނާއަކީ އެހެން ކުޅުންތެރިންނާ ވަރަށް ތަފާތު މީހެއް. އޭނާގެ ޑެޑިކޭޝަން އަކީ އޭނާ އަށް ކާމިޔާބު ލިބުމަށް މެދުވެރިވެދޭ އެންމެ މުހިންމު ސަބަބު. އަހަރެން ހައިރާނެއް ނުވާނެ އޭނާ 2030ގެ ވޯލްޑް ކަޕް ކުޅުމަކުން،" މާޓިނޭޒް ބުންޏެވެ. 2003 ވަނަ އަހަރު ޕޯޗުގަލް އަށް ކުޅެން ފެށި ރޮނާލްޑޯ އަކީ ގައުމީ ޓީމަކަށް މިހާތަނަށް އެންމެ ގިނަ މެޗު ކުޅެދީ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އެވެ. އޭނާ ވަނީ ޕޯޗުގަލް އަށް 226 މެޗު ކުޅެދީ 143 ގޯލު ޖަހައިފަ އެވެ. އަދި ގައުމީ ޓީމަށް 2016 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބު ކޮށްދީ ފަސް ފަހަރު ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފަ އެވެ.

ހަބަރު ކިޔާ
Culculated using AI
sources
2
balance
2
specificity
3
clarity
4

Article is clearly written and easy to follow.

Only one source quoted; no additional perspectives included.