

ދުންފަތުގެ ނުރައްކަލުން ޒުވާން ޖީލު ރައްކާތެރިކުރުމުގައި ދެމިތިބޭނަން: ރައީސް
ދުންފަތުގެ ނުރައްކަލުން ޒުވާން ޖީލު ރައްކާތެރިކުރުމުގައި ސާބިތުކަމާ އެކު ދެމިތިބޭނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ. ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލުކުރުމާ ދެކޮޅަށް މަސައްކަތްކުރާ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ދުންފަތުގެ ނުރައްކަލުން ދިވެހި މުޖުތަމައު ސަލާމަތްކުރުމުގެ އަޒުމް އައުކުރައްވާފައެވެ. ރާއްޖެ ވަނީ އީ-ސިނގިރޭޓު މަނާކުރުމާ އެކު، ދުންފަތާ ދެކޮޅަށް ގައުމީ ފެންވަރުގައި ހުރަސް އެޅި ދުނިޔޭގެ ފުރަތަމަ ގައުމުގެ ޝަރަފު ހޯދައިފައެވެ.
#WorldNoTobaccoDay ގެ މުނާސަބަތުގައި، ދުންފަތާއި ނިކޮޓިން އަށް ދެވި ހިފުމުގެ ނުރައްކަލުން ރައްޔިތުން ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތް އިތުރަށް ވަރުގަދަ ކުރުމަށް އަޅުގަނޑުމެން އަޒުމު އައުކުރަމެވެ. އީ-ސިގިރޭޓް މަނާކުރުމާއި، ދުންފަތުގެ ޖެނެރޭޝަނަލް ބޭން ތަންފީޒުކުރި ދުނިޔޭގެ ފުރަތަމަ ގައުމަށް ވުމާ ހަމައަށް، މި ލަނޑުދަނޑި ހާސިލުކުރުމަށް ޒިންމާދާރު ފިޔަވަޅުތައް ގެންދަނީ އެޅެމުންނެވެ. ފްލޭވާ ކުރެވިފައިވާ ނިކޮޓިން ޕައުޗް ތަކާއި، ޒުވާނުންނަށް އަމާޒުކޮށް ހިންގޭ އޭއައި ބޭނުންކޮށްގެން ކުރެވޭ މާކެޓިންގް ކެމްޕޭންތައް ފަދަ އާ ނުރައްކާތައް ކުރިމަތިވަމުންދާ ދަނޑިވަޅުގައިވެސް، ދުންފަތް ކޮންޓްރޯލް ކުރުމުގެ ފިޔަވަޅުތައް، ދުންފަތުގެ ވިހައިން ދުރުވުމަށް ދެވޭ ހިދުމަތްތައް، ދުންފަތް ބޭނުންކުރުން މަނާ ސަރަހައްދުތައް، އަދި ގާނޫނީ އިސްލާހުތައް ހަރުދަނާ ކުުރުމަށް ގެންދާނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. ދުންފަތުން މިނިވަން، ދުޅަހެޔޮ ދިވެހިރާއްޖެއެއް ބިނާ ކުރުމަށް އަޅުގަނޑުމެން އެކުގައި ތެދުވެ މަސައްކަތް ކުރަމާ ހިނގާށެވެ.
ދުންފަތުގެ ނުރައްކަލުން ޒުވާނުން ރައްކާތެރިކުރުމުގައި ދެމިތިބޭނަން: ރައީސް
ދުންފަތުގެ ނުރައްކަލުން ޒުވާނުން ރައްކާތެރިކުރުމުގައި މި ސަރުކާރުން ދެމިތިބޭނެ ކަމުގެ ޔަގީންކަން ރައީސް، ޑރ. މުހައްމަދު މުއިއްޒު މިއަދު ދެއްވައިފިއެވެ.
ހަބަރު ކިޔާ↑Article is clearly written and easy to follow despite being brief.
↓Purely promotional; no opposing views or critical perspectives offered.
ދުންފަތުގެ ނުރައްކަލުން ޒުވާން ޖީލު ރައްކާތެރިކުރުމުގައި ދެމިތިބޭނަން: ރައީސް
ދުންފަތާ ގުޅޭ އިތުރު ނުރައްކާތަކުން ޒުވާން ޖީލު ރައްކާތެރިކުރުމުގައި ސާބިތުކަމާއެކު ސަރުކާރުން ދެމިތިބޭނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ދެއްވައިފިއެވެ. އެމަނިކުފާނު މިކަމުގެ ޔަޤީންކަން ދެއްވީ ދުނިޔޭގެ، ދުންފަތުގެ އިސްތިއުމާލުކުރުމާ ދެކޮޅަށް މަސައްކަތްކުރާ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. މިއަދު ފާހަގަކުރަމުންދާ ދުންފަތުގެ އިސްތިއުމާލުކުރުމާ ދެކޮޅަށް މަސައްކަތްކުރާ ދުވަހާ ގުޅިގެން ހިއްސާ ކުރެއްވި ޕޯސްޓުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒިވަނީ ދުންފަތުގެ ނުރައްކަލުން ދިވެހި މުޖުތަމަޢު ސަލާމަތްކުރުމުގެ އަޒުމް އައުކުރައްވާކަމަށެވެ. ރައީސްވަނީ އީ- ސިނގިރޭޓު މަނާކުރުމުން ފެށިގެން ދުންފަތާ ދެކޮޅަށް "ޖެނެރަލް ބޭން" ތަންފީޒުކުރަންފެށި ދުނިޔޭގެ ފުރަތަމަ ޤައުމަށް ރާއްޖެ ވުމުގެ ޝަރަފާއެކު ސަރުކާރުން އަޅުއްވަމުންގެންދަވާ ބޮޑެތި ފިޔަވަޅުތައް ފާހަގަކުރައްވާފައެވެ. ހަމައެއާއެކު އެކި ރަހަތަކާއެކު އަލަށް ބާޒާރަށް އަންނަ ނިކޮޓިން ޕައުޗްތަކާއި، އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ދުންފަތް އިސްތިހާރުކޮށް ޒުވާން ސިކުނޑިތަކަށް ވާޞިލުވުމަށް މަސައްކަތް ކުރެވެމުންދާއިރު، އެކަންކަމަށް ސަރުކާރުން ހުޝިޔާރުވެ ސަމާލުވެ ތިބޭނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި ޒުވާން ޖީލު މިވަބާއިން ރައްކާތެރިކުރުމުގައި މިސަރުކާރު ދެމިއޮންނާނެކަމުގެ ޔަގީންކަން ރައީސްވަނީ ދެއްވާފައެވެ.
ހަބަރު ކިޔާ↑Article is clearly written and easy to follow.
↓Only one source — the President's social media post.