

ޖިނާއީ ބޮޑެތި މައްސަލަތައް ތަހުގީގު ކުރި ފުލުސް އޮފިސަރުންގެ އަގުވަޒަންކޮށްފި
ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ހިންގި ޖިނާއީ ބޮޑެތި މައްސަލަތައް ތަހުގީގުކުރުމުގައި އިސްދައުރެއް އަދާކުރި ފުލުސް އޮފިސަރުންގެ އަގުވަޒަންކޮށްފިއެވެ. ދިވެހި ފުލުހުންގެ މައި މަރުކަޒު، އިސްކަންދަރު ކޮށީގައި ބޭއްވި ރަސްމިއްޔާތެއްގައި ސެންޓްރަލް އިންވެސްޓިގޭޝަން ކޮމާންޑުގެ ތަފާތު ޑިޕާޓްމަންޓްތަކުގައި ތަހުގީގު މަސައްކަތްކޮށްފައިވާ 117 ފުލުސް އޮފިސަރަކަށް ހަނދާނީ ލިޔުން ވަނީ ދެވިފައެވެ. ތަހުގީގު ކާމިޔާބުކަމާއެކު ނިންމުމުގައި ސީދާ ބައިވެރިވި އޮފިސަރުންނާއި، ތަހުގީގަށް އެހީތެރިވި އޮފިސަރުން ވެސް ހިމެނޭ ގޮތަށް ހަނދާނީ ލިޔުން ލިބުނު ފަރާތްތަކުގެ ތެރޭގައި މިހާރު އެހެނިހެން ޑިޕާޓްމަންޓްތަކުގައި ޚިދުމަތްކުރާ އޮފިސަރުން ވެސް ހިމެނެއެވެ.
ޖިނާއީ ބޮޑެތި މައްސަލަތައް ތަހުގީގު ކުރި ފުލުސް އޮފިސަރުންގެ އަގުވަޒަންކޮށްފި
ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ހިންގާފައިވާ ޖިނާއީ ބޮޑެތި މައްސަލަތައް ތަހުގީގުކުރުމުގައި އިސްދައުރެއް އަދާކުރި އޮފިސަރުންގެ އަގުވަޒަންކޮށްފިއެވެ.
ހަބަރު ކިޔާ↑Event and purpose clearly described; article ends abruptly though.
↓Only CP Ahmed quoted; no external or independent sources.
ތަހުގީގު ދާއިރާގައި ފާހަގަކޮށްލެވޭ ފުލުހުންގެ އަގުވަޒަންކޮށްފި
ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި ހިންގާފައިވާ ޖިނާއީ ބޮޑެތި މައްސަލަތައް ތަހުގީގުކުރުމުގައި އިސްދައުރެއް އަދާކުރި ފުލުސް އޮފިސަރުންގެ އަގުވަޒަންކޮށްފިއެވެ. މިކަމަށްޓަކައި އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ޖިނާއީ ބޮޑެތި މައްސަލަތަށް ތަހުގީގުކޮށް ކާމިޔާބުކަމާއިއެކު ނިންމުމުގައި އަމަލީގޮތުން ބައިވެރިވެ މަސައްކަތްކޮށްފައިވާ ފުލުހުންނަށާއި، ތަހުގީގުކުރުމަށް އެކިގޮތްގޮތުން އެހީތެރިވެދީފައިވާ ފުލުހުންގެ މަސައްކަތް ބަލައިގަނެ، އަގުވަޒަންކޮށް ހަނދާނީ ލިޔުން ވަނީ ދެއްވާފައެވެ. ވޭތުވެދިޔަ 5 އަހަރު ތެރޭގައި ސެންޓްރަލް އިންވެސްޓިގޭޝަން ކޮމާންޑުގެ ޑިޕާޓްމަންޓްތަކުގައި ތަހުގީގުކޮށްފައިވާ ބޮޑެތި މައްސަލަތަކުގައި ބައިވެރިވެފައިވާ 117 އޮފިސަރަކަށް މިއަދު ވަނީ ހަނދާނީ ލިޔުން ދެއްވާފައިވާއިރު، މީގެ ތެރޭގައި މިހާރު އެހެނިހެން ޑިޕާޓްމަންޓްތަކުގައި މަސައްކަތްކުރާ އޮފިސަރުން ވެސް ހިމެނޭކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވިއެވެ.
ހަބަރު ކިޔާ↑Article is clearly written and easy to follow.
↓Only police service cited; no independent or external sources.