


އިންޓަޕޯލް ސައިބާ ގޭމްސްގައި ދެ ފުލުހަކު ބައިވެރިވެއްޖެ
އިންޓަޕޯލުން އިންތިޒާމުކޮށްގެން މޮރޮކޯގެ މަރަކޭޝްގައި ބޭއްވި އަށްވަނަ ޑިޖިޓަލް ސެކިއުރިޓީ ޗެލެންޖް، ސައިބަރ ގޭމްސްގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ދެ އޮފިސަރަކު ބައިވެރިވެ ރާއްޖެ ތަމްސީލުކޮށްފިއެވެ. މިއީ މެއި މަހުގެ 19 އިން 21 އަށް ކުރިއަށް ދިޔަ ހަރަކާތެއް ކަމަށްވާއިރު، ސައިބަރ ކުށްތަކާއި އޮންލައިންކޮށް ހިންގާ މަކަރާއި ހީލަތުގެ ތަހުގީގުތަކަށް ބޭނުންވާ އަމަލީ ހުނަރު ތަރައްގީ ކުރުމަށް ދުނިޔޭގެ ގިނަ ގައުމުތަކެއްގެ ފުލުހުން ބައިވެރިވިއެވެ. ތަމްރީނުތަކުގައި ފޯކަސްކޮށްފައިވަނީ ގުޅިގެން އޮޕަރޭޝަންތައް ހިންގުމާއި، އިންޓެލިޖެންސް މައުލޫމާތު ބޭނުންކުރުމާއި، ހެކި ބެލެހެއްޓުމުގެ ހުނަރު ތަރައްގީ ކުރުމަށެވެ.
މޮރޮކޯ ސައިބަ ގޭމްސްގައި ފުލުހުން ބައިވެރިވެއްޖެ
އިންޓަޕޯލުން އިންތިޒާމުކޮށްގެން ބޭއްވި އަށްވަނަ "ޑިޖިޓަލް ސެކިއުރިޓީ ޗެލެންޖު / ސައިބަ ގޭމްސް"ގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ދެ އޮފިސަރަކު ބައިވެރިވެއްޖެ އެވެ.
ހަބަރު ކިޔާ↑Specific dates, location, and training topics are mentioned.
↓No direct quotes or named officials cited.
އިންޓަޕޯލް ސައިބަރ ގޭމްސްގައި ދެ ފުލުހަކު ބައިވެރިވެއްޖެ
އިންޓަޕޯލުން އިންތިޒާމު ކޮށްގެން ބޭއްވި 8 ވަނަ "ޑިޖިޓަލް ސެކިއުރިޓީ ޗެލެންޖް / ސައިބަރ ގޭމްސް" ގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ދެ އޮފިސަރަކު ބައިވެރިވެ ރާއްޖެ ތަމްސީލު ކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ފުލުހުން ވިދާޅުވީ، މެއި މަހުގެ 19 އިން 21 އަށް މޮރޮކޯގެ މަރަކޭޝްގައި ބޭއްވި މި ޕްރޮގްރާމަކީ އެކި ޤައުމުތަކުގެ ތަންފީޒީ އިދާރާތަކުގެ މުވައްޒަފުން އެއްތަނަކުން ބައްދަލުވެ، ސައިބަރ ކުށްތަކާއި އޮންލައިންކޮށް ހިންގާ މަކަރާއި ހީލަތުގެ މައްސަލަތައް ހުއްޓުވުމަށް ބޭނުންވާ އަމަލީ ހުނަރުތައް ތަރައްޤީ ކުރުމަށް ބޭއްވި ހަރަކާތެއް ކަމަށެވެ. ފުލުހުން ވިދާޅުވީ، މި ތަމްރީނުތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ މަކަރާއި ހީލަތުން ފައިސާ ހޯދާ ފަރާތްތަކާ ދެކޮޅަށް ގުޅިގެން އޮޕަރޭޝަންތައް ހިންގުމާއި، އިންޓެލިޖެންސް މައުލޫމާތު ބޭނުން ކުރުމާއި، ހެކި ބެލެހެއްޓުމާއި، ތުހުމަތުކުރެވޭ މީހުންނާ ސުވާލުކުރުމުގެ އުކުޅުތަކުގެ އިތުރުން، ޖިނާއީ ތަޙުޤީޤުތަކުގައި ބައިނަލްއަޤުވާމީ ޤާނޫނީ އެހީތެރިކަން ހޯދާނެ ގޮތްތަކުގެ މައްޗަށް ކަމަށެވެ. ފުލުހުން މައުލޫމާތު ދެއްވާގޮތުގައި އިންޓަޕޯލް ސައިބަރ ގޭމްސް ފަދަ ބައިނަލްއަޤުވާމީ ޕްރޮގްރާމްތަކުގައި ބައިވެރިވުމަކީ، ފުލުހުންގެ ފަންނީ ޤާބިލުކަން އިތުރުކުރުމަށާއި، ބޭރު ޤައުމުތަކުގެ ތަޖުރިބާކާރުންނާއެކު މައުލޫމާތު ބަދަލު ކުރުމަށް ލިބޭ ފުރުސަތެއް ކަމަަށެވެ. އަދި މީގެ ސަބަބުން ފުލުހުންގެ ކިބައިގައި ސައިބަރ ކުށްތަކާއި، މަކަރާއި ހީލަތުގެ މައްސަލަތައް ތަޙުޤީޤު ކުރުމުގެ ޤާބިލުކަން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.
ހަބަރު ކިޔާ↑Clear reporting of event details and training objectives
↓Only police as source, no independent verification
އިންޓަޕޯލް ސައިބާ ގޭމްސްގައި ދެ ފުލުހަކު ބައިވެރިވެއްޖެ
އިންޓަޕޯލުން އިންތިޒާމުކޮށްގެން ބޭއްވި އަށް ވަނަ "ޑިޖިޓަލް ސެކިއުރިޓީ ޗެލެންޖް / ސައިބަރ ގޭމްސް" ގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ދެ އޮފިސަރަކު ބައިވެރިވެއްޖެއެވެ.
ހަބަރު ކިޔާ↑Single institutional perspective, no external commentary.
↓Only Maldives Police Service cited, no independent sources.