


ޑައިމަންޑް ޖުބިލީ 2026: ރާއްޖޭގެ ގައުމީ ޓީމުގެ ފައިނަލް ސްކޮޑް އިއުލާނުކޮށްފި
ދިވެހި ފުޓުބޯޅައަށް 75 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބާއްވާ ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް ފުޓުބޯޅަ މުބާރާތަށް ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުގެ ފައިނަލް ސްކޮޑު އިއުލާނުކޮށް، ޓީމުން ވަނީ މުބާރާތަށް ކޭމްޕުކޮށްފައެވެ. ފަރިތަކުރުންތައް ކުރިއަށް ގެންދާތާ ގާތްގަނޑަކަށް މަހެއް ވެފައިވާއިރު، ފައިނަލް ސްކޮޑަށް 32 ކުޅުންތެރިން ހިމެނިފައިވެއެވެ. އެހެންނަމަވެސް، ގައުމީ ޓީމުގެ ކެޕްޓަން ސަމޫހު އަލީ އަދި ތަޖުރިބާކާރު ޑިފެންޑަރު މުހައްމަދު އިރުފާން ފައިނަލް ސްކޮޑުން ޖާގަ ގެއްލިފައިވަނީ ފަރިތަކުރުންތެރޭ ލިބުނު އަނިޔާގެ ސަބަބުންނެވެ. މި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މާދަމައެވެ.
ޑައިމަންޑް ޖުބިލީ މުބާރާތަށް ރާއްޖެ ގައުމީ ފުޓުބޯޅަ ޓީމް ކޭމްޕުކޮށްފި
ދިވެހި ރާއްޖޭގެ ފުޓުބޯޅައަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ ޚާސަ ފުޓބޯޅަ މުބާރާތް ކަމަށްވާ ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް ފުޓުބޯޅަ މުބާރާތް މާދަމާ ފަށަން ތައްޔާރުވެފައިވާއިރު، މި މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުން މުބާރާތަށް ކޭމްޕުކޮށްފިއެވެ.
ހަބަރު ކިޔާ↑Covers all four teams briefly but lacks opponent team details.
↓Only FAM and PSM cited as photo sources, no direct quotes.
ޑައިމަންޑް ޖުބިލީ 2026: ރާއްޖޭގެ ގައުމީ ޓީމުގެ ފައިނަލް ސްކޮޑް އިއުލާނުކޮށްފި
ދިވެހި ފުޓުބޯޅައަށް 75 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބާއްވާ ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް ފުޓުބޯޅަ މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުގެ ފައިނަލް ސްކޮޑު މިއަދު އިއުލާނުކޮށްފިއެވެ.
ހަބަރު ކިޔާ↑Tournament format and squad details explained clearly.
↓No direct quotes or official sources cited beyond coach name.
ޑައިމަންޑް ޖުބިލީ މުބާރާތަށް ރާއްޖޭގެ ފައިނަލް ސްކޮޑު އިއުލާނުކޮށްފި
ދިވެހި ފުޓުބޯޅައަށް 75 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބާއްވާ ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް ފުޓުބޯޅަ މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުގެ ފައިނަލް ސްކޮޑު އިއުލާނުކޮށްފިއެވެ. މާދަމައިން ފެށިގެން މި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތަށް 32 ކުޅުންތެރިންގެ ސްކޮޑެއް އެކުލަވާލައި، ފަރިތަކުރުންތައް ކުރިއަށް ގެންދާތާ މަހެއްހައި ދުވަސް ވެއްޖެއެވެ. ފުރަތަމަ އެކުލަވާލި ސްކޮޑުގައި ހިމެނުނު ކުޅުންތެރިންގެ ތެރެއިން ފައިނަލް ސްކޮޑުގައި ނުހިމެނުނު ބައެއް ކުޅުންތެރިންގެ ތެރޭގައި ޤައުމީ ޓީމުގެ ކެޕްޓަން ސަމޫޙު އަލީ (ސަމުއްޓޭ) އަދި ތަޖުރިބާކާރު ޑިފެންޑަރު މުޙައްމަދު އިރުފާން (އިރޭ) ފާހަގަކޮށްލެވެއެވެ. މި ދެ ކުޅުންތެރިންނަށް ވެސް ސްކޮޑުން ޖާގަ ގެއްލުނީ، ސީޒަން ނިމުނުފަހުން ކުޅުނު މުބާރާތެއްގެ ތެރެއިން ލިބުނު އަނިޔާއަކާ ގުޅިގެން، ޤައުމީ ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިނުވެވުމާ ގުޅިގެންނެވެ. މީގެއިތުރުން، ޒުވާން ޤައުމީ ޓީމުގައި ހިމެނުނު ކްލަބް ވެލެންސިއާގެ ކެޕްޓަން އީތަން އިބްރާޙީމް ޒަކީ އާއި އަޙްމަދު މާއިޝް ރަޝީދު، އަޙްމަދު ރިޒްވާން (ރިޒޭ)، ޙަސަން ރާއިފް (ހަންނަ)، މުޙައްމަދު އަޝްވާން، މުޙައްމަދު ނައިސަމް ނަސީމް، މުޒްދާން ޙަސަން އަދި ޒުވާން ޓީމުގެ ކީޕަރު ޒަޙްރާން ޙަސަން ޒިޔާދަށް ވެސް ފައިނަލް ސްކޮޑުން ފުރުސަތު ލިބޭގޮތެއް ނުވިއެވެ. ފުރަތަމަ އެކުލަވާލި ވަގުތީ ސްކޮޑުން ފުރުސަތު ނުލިބުނު ނަމަވެސް ޤައުމީ ޓީމުގެ ފައިނަލް ސްކޮޑުން، ޙަސަން އީނާޒް އަށް ވަނީ ފުރުސަތު ދީފައެވެ.
ހަބަރު ކިޔާ↑Names specific players dropped and reasons for exclusion.
↓No direct quotes or official sources cited.