

މުޒާހަރާތަކުގެ މައްސަލާގައި ޕީއެންއެފް ލައްކައަކުން ޖޫރިމަނާކޮށްފި
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕާޓީ، ޕީޕަލްސް ނޭޝަނަލް ފްރަންޓް، ސިޔާސީ ޕާޓީތަކުގެ ގާނޫނާ ތަކުރާރުކޮށް ހިލާފުވިކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނުން ލައްކަ ރުފިޔާ އިން ޖޫރިމަނާ ކޮށްފިއެވެ. ޕީއެންއެފްގެ ސަޕޯޓަރުން މަގުމަތީގައި ހިންގި ހަރަކާތްތަކުގައި ސުލޫކީ މިންގަނޑާ ހިލާފު އަމ
މުޒާހަރާތަކުގެ މައްސަލާގައި ޕީއެންއެފް ލައްކައަކުން ޖޫރިމަނާކޮށްފި
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕާޓީ، ޕީއެންއެފްގެ ސަޕޯޓަރުން މަގުމަތީގައި ހިންގާ ހަރަކާތްތަކުގައި ސިޔާސީ ޕާޓީތަކުން އަމަލުކުރަން ޖެހޭ ސުލޫކީ މިންގަނޑާ ހިލާފު ކަންކަން ކުރަމުންދާ ކަމަށް ބުނެ އެ ޕާޓީ 100،000ރ. އިން ޖޫރިމަނާކޮށްފި އެވެ.
ހަބަރު ކިޔާ↑Fine amount, letter details, and violations specified clearly
↓Only EC side quoted; PNF response absent
ރައީސް ޔާމީންގެ ޕާޓީ އެއްްލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި
ކުރީގެ ރައީސް އަބްދުالله ޔާމީންގެ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އެއްލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި އެވެ. އިލެކްޝަންސް ކޮމިޝަން (އީސީ) އިން ޕީއެންްއެފްއަށް ފޮނުވި ސިޓީގައި ބުނެފައިވާ ގޮތުގައި އެ ޕާޓީ ޖޫރިމަނާކުރީ ސިޔާސީ ޕާޓީގެ ގާނޫނާ ތަކުރާރުކޮށް ހިލާފުވެފައިވާތީ އެވެ. އީސީ އިން ޕީއެންއެފް ޖޫރިމަނާކޮށްފައި މިވަނީ އެ ޕާޓީއަށް ތާއީދުކުރާ ބަޔަކު މަގުމަތީގައި ހިންގާ ހަރަކާތްތަކުގައި ސިޔާސީ ޕާޓީގެ ގާނޫނާ ހިލާފު އަމަލުތައް ހިންގާ ކަމަށް ބުނެ އެފަދަ އަމަަލުތައް ތަކުރާރުކުރާނަމަ ފިޔަވަޅު އަޅާނެ ކަމަށް ކުރިން އެންގުމަށްފަހު އެވެ. އީސީގެ ތުހުމަތާ ގުޅިގެން ޕީއެންއެފް އިން ކުރިން ބުނި ގޮތުގައި ޕީއެންއެފް އިން މަގުމަތީގައި މިދުވަސްވަރު އެއްވެސް ހަރަކާތެއް ނުހިންގައެވެ. ޕީއެންއެފްގެ ސަޕޯޓަރުންތަކެއް މަގުމަތީގައި ހިންގާ ހަރަކާތްތަކުގައި ގެންދަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަބުރަށް ހުތުރުވާގޮތަށް ތަކުރާރުކޮށް ފާޑުކިޔަމުންނެވެ. ޕީއެންއެފްގެ ސަޕޯޓަރުން ކުރިއަށް ގެންދާ މުޒާހަރާތައް ލައިވްކޮށް ގެނެސްދޭތީ ޗެނަލް 13 އިން އެ މުޒާހަރާތައް ގެނެސްދިނުން ހުއްޓާލުމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން އެ ޗެނަލަށްވެސް އަންގާފައިވެ އެވެ.
ހަބަރު ކިޔާ↑Fine amount, legal basis, and prior warnings clearly specified
↓EC letter cited, PNF response included, but no direct quotes from officials